ބޭރުގެ މީޑިއާތަކުން ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަނީ އޮންނަ ހަސަދަވެރިކަން ބޮޑުކަމުން: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބޭރުގެ މީޑިއާތަކުން ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަނީ އޮންނަ ހަސަދަވެރިކަން ބޮޑުކަމުން: ޑރ.ޝަހީމް

"ޗެނަލް ނިއުސް އޭޝިޔާގައި ރާއްޖެއާ ބެހޭ ގޮތުން ދައްކާފައިވާ ރިޕޯޓުގައި ރާއްޖޭގެ އިސްލާމީ ކަންކަމާ ބެހޭ ގޮތުން ހާމަކޮށްފައިވާ ވާހަކަތަކަކީ ޙަޤީޤަތާ މުޅިން ޚިލާފު ވާހަކަތަކެކެވެ. ދިވެހި ޚަބަރުތަކުގައި އައިސްފައިވާ ގޮތުން އެ ރިޕޯޓުގައި ހާމަކުރާ ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި ދީނީ ހަރުކަށި ޚިޔާލު އުފަންކުރުވީ ސުނާމީގެ ޙާދިސާއަށް ފަހު ސަޢޫދީ އަރަބިއްޔާއިން ފަނޑުކުރި ޖަމާޢަތްތަކުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޖަމާޢަތްތަކުން މީހުންގެ ސިކުންޑި ދޮވެފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކައެވެ. ސުނާމީގެ ޙާދިސާއަށް ފަހު ސަޢޫދީ ޢަރަބިއްޔާއިން ފަންޑުކޮށްގެން ދީނީ ކަންކަން ފަތުރަން ރާއްޖޭގައި އެއްވެސް ޖަމާޢަތަކުން ޙަރަކާތްތެރިވެފައިނުވެއެވެ.

 

ދީނީ ކަންކަމާ ގުޅިން އަބަދުވެސް ބައެއް ފަރާތްތަކުން ރާއްޖެއާ ސަޢޫދީ އަރަބިއްޔާގެ ގުޅުމަށް ޙަސަދަވެރިކަން ބާލާތަން ފެނެއެވެ. ސަޢޫދީ ޢަރަބިއްޔާ އަކީ ހަރުކަށި އުޞޫލުތައް ފަތުރަން އެހީވާ ޤައުމެއް ނޫނެވެ. ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖެއާ އެންމެ ބޮޑަށް ގުޅުން ދަމަހައްޓަމުން އަންނަ ޢަރަބި އިސްލާމީ ޤައުމެވެ. މިއީ ތާރީޚީ އަދި އުޚުއްވަތްތެރި ގުޅުމެކެވެ. ރާއްޖޭގެ އިސްލާމީ ކަންކަމުގެ ތެރޭގައި މަސައްކަތްކުރި މީހެއްގެ ހައިޘިއްޔަތުން އެ ރިޕޯޓުގައި ހާމަކޮށްފައިވާ ވާހަކަތަކާ މެދު ކަންބޮޑުވަމެވެ. ދޮގު ވާހަކަތައް ފަތުރައިގެން ދިވެހިޤައުމު ބަދުނާދުކުރުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ."

- ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

ޑރ.ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ސުނާމީ އާ ގުޅުވައިގެން އެހީވުމުގެ ނަމުގައި އައި ބައަކު ރަށްރަށް ގޮސް ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކޮށް ޞަލީބާއި ލިޔުންތައް ބަހައި ހެދުމުން ވަނީ ޑިޕޯޓްކޮށްފައިކަން ފާހަގަކުރެވެއެވެ. އަދި މިހާރުވެސް ރާއްޖެއަށް ހެޔޮ އެދޭ ބައެއްގެ ލޭބަލް ޖަހައިގެން ތިބެ ބޮޑެތި ފާދިރީން ދިވެހިންގެ ބޮލަށް ސަވާރުވަމުން އަންނަކަން ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން