"އަހަރެމެން ދައްކާނެ ވާހަކަ އަހަރެމެން ދައްކާނަން!" ކަމަށް ބުނުމުން އެނގެނީ ރާއްޖެއަކީ ލާދީނީ ސެކިޔުލާރ ސްޓޭޓަކަށް ހަދަން ބައަކު ފެންބޮވައިގެންފައި ތިބިކަން": ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
"އަހަރެމެން ދައްކާނެ ވާހަކަ އަހަރެމެން ދައްކާނަން!" ކަމަށް ބުނުމުން އެނގެނީ ރާއްޖެއަކީ ލާދީނީ ސެކިޔުލާރ ސްޓޭޓަކަށް ހަދަން ބައަކު ފެންބޮވައިގެންފައި ތިބިކަން": ޝައިޚް ޝަފީޢު

"ކަލޭމެން ދައްކާ ވާހަކަ ކަލޭމެން ދައްކާ! އަހަރެމެން ދައްކާނެ ވާހަކަ އަހަރެމެން ދައްކާނަން!" މިއަސާސަކީ ސެކިޔުލަރިޒަމްގެ އަސާސެވެ. މިއީ އިސްލާމީ އަސާސެއް ނޫނެވެ! މިއިން އެނގިގެންދަނީ ދިވެހި ރާއްޖެއަކީ ލާދީނީ ސެކިޔުލާރ ސްޓޭޓަކަށް ހަދަން ބައަކު މީހުން ފެންބޮވައިގެންފައި ތިބިކަމެވެ.

މިފަދަ މީހަކަށް ނުވަތަ ބައަކަށް މަޖިލީހުގެ ކޮންޓްރޯލް ލިބިއްޖެ ނަމަ ޤާނޫނާއި ޤަވާއިދުތައް އިސްލާމް ދީނާއި ދުރުކޮށް، ސެކިޔުލާރ ކުރަން މަސައްކަތް ކުރާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ."

މިއީ ޝައިޚް ޝަފީޢް ޢަބްދުﷲ ކުރައްވާފައިވާ ޓްވީޓެކެވެ.

ދީނީ ޢިލްމުވެރިން ކަންކަމުގައި ބަސްފުޅު ވިދާޅުވަނީ ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުގައިވާ ފަދައިން ކަމަށްވާއިރު ދީނީ ޢިލްމުވެރިންނަށް ނިޞްބަތްކޮށް "ކަލޭމެން ދައްކާ ވާހަކަ ކަލޭމެން ދައްކާ!

އަހަރެމެން ދައްކާނެ ވާހަކަ އަހަރެމެން ދައްކާނަން!" ކަމަށް ބުނުމަކީ ކަނޑައެޅިގެން ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ގޮންޖެހުން ކަމުގައި ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާން ކުރައްވަމުންނެވެ!

މިފަދަ ބަސްތައް ބުނަނީ ކަމުގެ ޙަޤީޤަތް ނުއެނގި ތިބެ ކަމަށްވާނަމަ އަވަހަށް ތައުބާ ވުމަށާއި އެނގި ތިބެ އެކަންކަން ކުރުމަކީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާން ކުރައްވަވަމުންނެވެ. ސަބަބެއް ކަމަށް ބަޔާން ކުރައްވަވަނީ އެފަދަ ކަންކަން ކުރުމަކީ ފައުޅުގައި ﷲ ތަޢާލާއަށް ގޮންޖެހުން ކަމުގައެވެ.

މިއަދު އޮންލައިން