ފީއަލީގަ ޑެންގޫ ނައްތާލުމަށް އެމްޓީސީސީގެ އެހީތެރިކަމާއިއެކު ރަށުގެ ގޮނޑު ސަރަހައްދު ސާފުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފީއަލީގަ ޑެންގޫ ނައްތާލުމަށް އެމްޓީސީސީގެ އެހީތެރިކަމާއިއެކު ރަށުގެ ގޮނޑު ސަރަހައްދު ސާފުކޮށްފި

ފ. ފީއަލީގައި މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ހުން، ޑެންގީ ފެތުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، ފީއަލީ ގޮނޑު ސަރަހައްދު އިއްޔެ ސާފުކޮށްފިއެވެ.

އެކުންފުނިން ބުނެފައިވަނީ މިމަސައްކަތް އަމިއްލައަށް އިސްނަގައިގެން އެމްޓީސީސީ އިން ފެށީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދިއައީ ކުންފުނީގެ އިޖުތިމާއީ ޒިންމާއެއްގެ ގޮތުން ކަމަށެވެ.

މިމަސައްކަތުގެ ތެރެއިން މަދިރިއާލާވާ ގޮތަށް ފެންހަރުލާފައި ހުރި ކުންޏާއި އެހެނިހެން ކުންޏާއެކު، ފީއަލީ ގޮނޑު ސަރަހައްދުން 15 ޓަނުގެ 6 ލޮރީގެ ކުނިނަގައި ސާފުކޮށްފައިވާ ކަމަށާއި އަދި އެމްޓީސީސީގެ ލީމާ ލޭންޑިންގ ކްރާފްޓުގައި ކުނިތައް ތިލަފުށްޓައް ގެންގޮސް ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން