"އަހަރެމެންގެ މޮޔަކަން ނިކަން ދެކި ބަލާށެވެ! އަނބިމީހާ މަރުވެއްޖެ ނަމަ އަވަހަށް ކައިވެނި ކުރަން 3، 4 އަންހެނުން ކިޔޫގައި އަބަދުވެސް އެބަ ބައިތިއްބަމުއެވެ. ބައެއް ފިރިހެނުން އެ ކިޔޫގައި އެންމެ ހަގު ފަހަރި ކޮއްކޮ ވެސް ބަހައްޓައިގެން އަނބިމީހާއަށްވުރެ ގިނަ ޚަރަދުތައްވެސް އެބަ ކުރެއެވެ. އަނބިމީހާޢަށްވުރެ ގިނަ ވަގުތުވެސް ފަހަރި ކޮއްކޮއަށް އެބަ ދެއެވެ. އަދި މާގިނައިން އުފާވެރި ހިނިތުންވުންވެސް އެބަ ދައްކައެވެ.
އަޅެ އަވާމެންދުރަށް ހެއްލިގެން އެ ފައިސާތައް ބޭކާރު ނުކޮށް އެ ފައިޞާ ޞަދަޤާތް ކުރާ ނަމަ އާޚިރަތުގެ އެކައުންޓަށް ދާނީ ޖަމާވަމުން ނޫންހެއްޔެވެ؟ ފަހަރިންވެސް ހިމެނޭ ގޮތުން ދެފަރާތުގެ ޢާއިލާއަށް ހޭދަކުރުމަކީ މަތިވެރި ޞަދަޤާތެވެ! ނަމަވެސް މިހާލަތުގައި އެކަން ޞަދަޤާތަކަށް ނުވަނީ ނިޔަތް ތަފާތުވުމުންނެވެ! ހޭދަކުރާ މަޤްޞަދުގެ ގޮތުންނެވެ! އަމިއްލަ އެދުމެއް ޙާޞިލުކުރުމުގެ ނިޔަތް އޮތުމުންނެވެ!
އެތައް ބައިވަރު އަޅުކަމެއް ކުރެވޭނެހައި ގިނަ ވަގުތުތައް އެކަންކަމަށް ވިސްނަން އެބަ ހޭދަ ކުރަމުއެވެ! ނިކަން ބުނެބަލާށެވެ! ކުރިން މަރުވާނީ އަނބިމީހާ ކަން ތިބާއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެވާހަކަ ބުނީ ކިހައި ހިސާބަކުން ފޭބި ކާކު ހެއްޔެވެ؟"
މިމޭރުމުން މުފްތީ މެންކް ވިދާޅުވެފައިވަނީ "އަނބި ދަރިންނާއި މައިންބަފައިން ބަލަހައްޓަން ޙަވާލުކުރެއްވެވީ ހިލެއަކު ނޫން! އެންމެ ބޮޑު އަގު ދެއްވަވާ ގޮތަށް!" ސުރުޚީގެދަށުން މިއަދުނޫހުގައި މިއަދު ޝާއިއުކޮށްފައިވާ ދަރުސްގައެވެ. މިމައްސަލަ އާއި ދިވެހި މުޖުތަމައު އާއި ހުރި ގުޅުން ބޮޑުކަން ފާހަގަކުރެވޭތީ ސަމާލުކަމަށް ގެނައުމަށްޓަކައި މިލިޔުންކޮޅު ވަކިކޮށްލީއެވެ!