ދުނިޔަވީ ކުޑަކުޑަ އުފަލަކަށްޓަކައި ވޯޓުގަނެ، ވިއްކައި ނުހަދާށެވެ! އެއީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ އަމަލެކެވެ. ރިޝްވަތުގެ އަމަލަކާއި ގާތްވެގެން ނުވާނެއެވެ. ރިޝްވަތު ހިފާ މީހާ އާއި ދޭ މީހާއަށް މާތް ﷲ ވަނީ ލަޢްނަތް ލައްވަވައިފައެވެ. މާނައަކީ ރިޝަވަތި ހިފާ މީހާ އާއި ދޭ މީހާ އާއި 2 މީހުންވެސް ވަނީ މާތް ﷲގެ ތަނަވަސް ރަހްމަތްފުޅުން ބޭރުކޮށްލެވިފައެވެ.
"މަޖިލީހަށް ކުރިމަތިލައިގެން ހުރި ކެންޑިޑޭޓެއް ހުޅުވާލި އުމުރާ ދަތުރަކަށް ކުރިމަތިލައިގެން ގުރުވަތުން ވަނީ މީހަކު ހޮވިފައެވެ. ކެންޑިޑޭޓް މިކަން ކުރަނީ (އޭނާއަށް) ވޯޓުދިނުން ޝަރުތުކޮށްފައި ނޫންނަމަވެސް މިހާލަތުގައި އޭނާގެ އުމުރާ ޞައްޙަވާނެތޯ؟"
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު!
"އޭނާއަށް ވޯޓޫ ދިނުން ޝަރުޠު ނުކޮށް ހެޔޮ ހިތުން ދޭ ދަތުރެއް ނަމަ މައްސަލއެއް ނެތެވެ. އަދި އޭނާއަށް ވޯޓުލާނަމަ ލަނީ އުމުރާ ދަތުރެއް ދިނީތީ ކަމަށްވެގެން ނުވާނެއެވެ.
ވޯޓަކީ ހެކިބަސް ދިނުމެކެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިމަތި ކުރުވާ ސުވާލަކީ "ތިބޭފުޅާ ނިޞްބަތްވާ ދާއިރާ ތަންސީލުކުރުމަށް އެންމެ ޤާބިލް ކެންޑިޑޭޓަކީ ކޮބައިތޯއެވެ؟" ފަހޖރެއްގައިވެސް އެންމެ ގިނަ ފައިސާ ދިނީ ކާކުތޯ ސުވާލެއް ނުކުރެއެވެ. ވީމާ މި ހެކިބަސް ދިނުމުގައި ތެދުވެރިވާންވާނެއެވެ. މާތް ﷲ އަންގަވާފައިވަނީ އަމާނާތް އެއިގެ ހައްޤުވެރިންނަށް އަދާކުރުމަށެވެ. ވީމާ މިއަމާނާތަށް ޚިޔާނާތްތެރި ނުވެ އެއިގެ ޙައްޤުވެރިޔާއަށް ރައްދުކޮށްދޭންވާނެއެވެ. ވީމާ މި އަމާނާތަށް ޚިޔާނާތްތެރި ނުވެ އެއިގެ ޙައްޤުވެރިޔާއަށް ރައްދުކޮށްދޭންވާނެއެވެ.
ރިޝްވަތުގެ އަމަލަކާއި ގާތްވެގެން ނުވާނެއެވެ. ރިޝްވަތު ހިފާ މީހާ އާއި ދޭ މީހާއަށް މާތް ﷲ ވަނީ ލަޢްނަތް ލައްވަވައިފައެވެ. މާނައަކީ ރިޝަވަތި ހިފާ މީހާ އާއި ދޭ މީހާ އާއި 2 މީހުންވެސް ވަނީ މާތް ﷲގެ ތަނަވަސް ރަހްމަތްފުޅުން ބޭރުކޮށްލެވިފައެވެ.
ވީމާ ވަގުތީ ފައިދާއަކަށްޓަކައި މި އަމާނާތް ނަގައިނުލާށެވެ! ތެދުވެރިކަމާއި އަމާނާތްތެރިކަން އިޚްތިޔާރުކުރާށެވެ. އެއިރުން އިންޝާ ﷲ! ދެދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާނެތެވެ.