ޙަރާމް ފައިސާ ބޭނުންކޮށްގެން އަޅާ މިސްކިތުގައިވެސް ނަމާދު ޞައްޙަވާނެ ކަމަށް ޝައިޚް އިބްން ބާޒް ފަތުވާ ދެއްވާފައިވޭ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޙަރާމް ފައިސާ ބޭނުންކޮށްގެން އަޅާ މިސްކިތުގައިވެސް ނަމާދު ޞައްޙަވާނެ ކަމަށް ޝައިޚް އިބްން ބާޒް ފަތުވާ ދެއްވާފައިވޭ: ޑރ. އިޔާޟް

މިސްކިތް ބިނާކުރިއިރުގައި އެއިގެ ތެރެއަށް ޙަރާމް ފައިސާ ވަދެފައިވީނަމަވެސް އެ މިސްކިތެއްގައި ނަމާދުކުރުން މަނާވެގެން ނުވާކަމަށް ޝައިޚް އިބްން ބާޒް ރަޙިމަހުﷲ ފަތުވާ ދެއްވާފައިވެއެވެ. އެހެން ނަމަވެސް ތިމާ ހޯދާ އަދި ޚަރަދުކުރާ ފައިސާއަކީ ހަލާލް ފައިސާ ކަމުގައި ހަދަން ޖެހެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ހުޅުމާލޭގައި ރައީސް ޔާމީނުގެ އަނބިކަނބަލުން މެޑަމް ފާތުން، ޢާއިލާގެ ބޭފުޅުންގެ ހަނދާނުގައި އެޅުއްވި މިސްކިތް އެޅުއްވުމުގައި ގިނަ އަދަދެއްގެ ވަގު ތަކެތި ބޭނުންފުޅު ކުރެއްވި މައްސަލައެއް އިއްޔެ ފެންމަތިވުމާއި ގުޅިގެން އެމިސްކިތުގައި ނަމާދުކުރުން ޞައްޙަވާނެތޯ ގިނަ ބައަކު ސުވާލުކުރަމުން ގެންދާ ވަގުތެއްގައެވެ.

މިއަދު އޮންލައިން