ސައްވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 5 ފަރާތަކަށް.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ސައްވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 5 ފަރާތަކަށް.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ޖުމްލަ 5 ފަރާތަކަށް އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ހުއްދަ މިއަދު ދީފައިވަނީ އެކްސްޕްރެސް މާޓް އަދި ވީވާ ކެފޭ އަށް ކަމަށެވެ. އަދި އިއްޔެ ވަނީ 3 ފަރާތަކަށް ހުއްދަ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ ދަ ސީހައުސް، ސަފްރޮން ކެފޭ އަދި ނައިސް އެން ސްޕައިސް އެވެ.

24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދެނީ އެކަމަށް ހާއްސަ ޝަރުތުތަކެއް ކަނޑައަޅައި، އެ ޝަތުރުތައް ހަމަވާ ފަރާތްތަކަށެވެ. ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެއެވެ.

 

މިއަދު އޮންލައިން