ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅުދެކުނު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޢާޡިމް (ނާއްޕެ) ގެ ކެންޕޭން ޓީމުން އިންތިޒާމް ކޮށްގެން އަންހެނުން ގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ސައިކަލް ބުރެއް ޖަހައިފި އެވެ.

މި ސައިކަލް ބުރުގައި ދާއިރާގެ މީހުންނާއި ކެންޕޭން ޓީމުން ބައިވެރިވިއެވެ. އަދި މިސައިކަލް ބުރަށްފަހު ހެނދުނުގެ ނާސްތާ ގަލޮޅު އުއްމީދީ ޖަގަހައިގަ ކުރިއަށް ގެންދިއައެވެ.

ސައިކަލް ބުރުގައި ބައިވެރިވި ބައެއް މީހުން ބުނީ އަހްމަދު ޢާޡިމް އަކީ ދާއިރާގެ މީހުންނާ ގުޅޭ މަޖާ ހިތްހެޔޮ އަދި ހީވާގި އަދި ކޮންމެ ކަމެއް ކުރަން ޖެހުނު ނަމަވެސް ފަހަތަށް ނުޖެހޭނެ ހިންގުން ތެރިއެއް ޒުވާނެއް ކަމަށެވެ.
https://miadhu.mv/article/read/45572