"މީހެއްގެ އަބުރަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ."
- އިމާމް އިބްން ދަޤީޤް އަލް ޢީދް
ވީމާ ތިބާ ނަރަކައިގެ ވަޅުގަނޑަކަށް އެއްލައިލެވޭ ސަބަބަކީ މީހެއްގެ އަބުރަށް އަރައިގަތުން ކަމުގައި ވެދާނެކަމަށް ބިރުވެތިވާށެވެ! މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހެއްގެ އަބުރަށް އަރައި ނުގަންނާށެވެ! މީހުންގެ އަބުރަށް އަރައި ނުގަނެ ބުނަން ބޭނުން ބަސްތައް ބުނަން ދަސްކުރާށެވެ!
ސޯޝަލް މީޑިއާގައި ނަމަވެސް މީހެއްގެ އަބުރަށް އަރައިގަނެ ބަސްތައް ލިޔެ ޢާންމުކުރުމަކީ ދުލުން ބުން ފަދަ ކަމެކެވެ. ވީމާ އިމާމުގެ މި ބަސްފުޅަށް ބަލާއިރު ލިޔާ ބަހެއްގެ ސަބަބުން ވެސް އެމީހަކު ނަރަކައިގެ ވަޅުގަނޑަކަށް ވެއްޓުމުގެ ފުރުޞަތު އެބައޮތްކަން ހާމަވެއެވެ.
މީހަކު ދެކެ ރުޅި އައިސް އަބުރަށް އަރައިގަނެފިނަމަ އެމީހަކުވެސް އަންނާނީ ރުޅިއެވެ. މާބޮޑު އަސަރެއް ނުކުރާނެއެވެ. އެއިގެ ބަދަލުގައި ރިވެތި ބަހުން މުޢާމަލާތުކުރުމުން އެމީހަކަށް ކުރާ އަސަރުވެސް މާބޮޑުވާނެ ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ.