ފުވައްމުލަކުގައި އެކްސިޑެއްޓެއް ހިނގައި، ބިދޭސީއެއްގެ ކަނާތު ފަޔާއި އަތް ބިނދިއްޖެ!

ކިޔުމަށް ހޭދަވާނީ 50ސ
ފުވައްމުލަކުގައި އެކްސިޑެއްޓެއް ހިނގައި، ބިދޭސީއެއްގެ ކަނާތު ފަޔާއި އަތް ބިނދިއްޖެ!

ފުވައްމުލަކުގައި މިއަދު ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުވައްމުލަކު ސިޓީ ފުނާޑު ހައިވޭ ރެސްޓު ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:15 ހާއިރު ކަމަށާއި މިއެކްސިޑެންޓުގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. 

ފުލުހުން ވިދާޅުވި ގޮތުގައި މިއެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން ޝްރީ ލަންކާގެ ރައްޔިތަކަށެވެ. އެމީހާގެ ކަނާތު ފަޔާއި އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ. 

އަނެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ މީހެއް ކަމަށާއި ފަހަތުގައި އިނީ 24 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވާއިރު، އެދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން