"ކިތަންމެ ސަޕޯޓް ކުރި ނަމަވެސް އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ނުހިތާ ދީނުގެ އުޞޫލުތަކަށް ފާޑުކިޔައި ދީނާ ބީރައްޓެހި ސަގާފަތް ފަތުރާ ބއަކާއެކު ހިތާ ހިތުގެ ގުޅުމެއް ނުބެހެއްޓޭނެ އެވެ. އެއީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ."
މިބަސްފުޅާއިއެކު ޝައިޚް އިލްޔާސް ޙުސައިން ޓްވީޓް ކުރައްވާފައިވަނީ ކީރިތި ޤްރްއާނުގެ 58 ވަނަ ސޫރަތުގެ 22 ވަނަ ޢާޔަތެވެ.
"ﷲ އަށާއި ޢާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބައަކު ކަމުގައި ވާތީ ތިބާ ނުދެކޭނޫ އެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވީނަމަވެސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުންކަމުގައި، ނުވަތަ ގާތް ތިމާގެ މީހުން ކަމުގައި ވީނަމަވެސް މެއެވެ. އެއުރެންނީ އެއުރެންގެ ހިތްތަކުގައި އެކަލާނގެ އީމާންކަން ލިޔުއްވެވި މީހުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ލިބިފައިވާ ރޫޙަކުން، އެއުރެންނަށް ގަދަކަން ދެއްވެވި މީހުންނެވެ. އަދި އެތަނުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ އެއުރެން ވައްދަވާނެތެވެ.
އެތަނުގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ﷲ އެއުރެންނަށް ރުއްސަވައި ވޮޑިގެންވެއެވެ. އަދި އެއުރެން އެކަލާނގެ ޢާއިމެދު ރުހިގެންވެއެވެ. އެއުރެންނީ ﷲ ގެ ޖަމާޢަތެވެ. ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނީ މީހުންނެވެ."
https://twitter.com/ilyaasipa/status/1104578592044994560
