މަޑިވަރު ފިނޮޅު ކައިރީ މޫދުގައި ޗައިނާ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
މަޑިވަރު ފިނޮޅު ކައިރީ މޫދުގައި ޗައިނާ މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ

އއ. މަޑިވަރު ފިނޮޅު ކައިރީ މޫދުގައި ޗައިނާ މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އުމުރުން 70 އަހަރުގެ އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:34 ހާއިރު ކަމަށެވެ. 

އއ. އަތޮޅު ހޮސްޕިޓަލަށް އެމީހާ ގެންދެވުނު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާވަނީ މަރުވެފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހާގެ ހަށިގަނޑު މާލެ ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މަރުވި އެޗައިނާ މީހާއަކީ ތޮއްޑޫ ސަމަރ އިން ގެސްޓް ހައުސް އަށް ޗުއްޓީ ހޭދަ ކޮށްލަން އައިސް އުޅުނު މީހެކެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން