"ބަންޑުން ޖަހައިލި" ޑިންގީ ދުއްވި މީހާ މޫނުބުރުގާ އަޅައިގެން އައިސް ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް ފުލުހުން އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
"ބަންޑުން ޖަހައިލި" ޑިންގީ ދުއްވި މީހާ މޫނުބުރުގާ އަޅައިގެން އައިސް ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް ފުލުހުން އަތުލައިގެންފި

ހައްދުން މަތި މާމެންދޫ އިން ގެއްލިފައިވާ އަންހެން ކުއްޖާ، ޝިމާ ގޮވައިގެން ދަތުރުކުރަނިކޮށް "ބަންޑުން ޖަހައިލި" ޑިންގީ ދުއްވި މީހާ މޫނު ބުރުގާއަޅައިގެން އައިސް މާމެންދޫ އިތުރު ކުއްޖަކު (ޝިމާގެ ކޮއްކޮ) ގޮވައިގެން ފިލަން ދުއްވަނިކޮށް އަތުލައިގެންފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތުދިން އެ ރަށު މީހަކު ބުނީ ގަމުން މާމެންދޫއަށް އައި ޑިންގީގައި އެ މީހާ އާއިއެކު އިތުރު 2 މީހަކު މޫނު ބުރުގާ އަޅައިގެން ތިބި ކަމަށެވެ. އަދި އަތުލައއިގަތީ މާމެންދޫގައި ތިބޭ ފުލުހުން އެ ޑިންގީ ފަހަތުން ޑީންގީއެއްގައި ދުއްވައި ވެލިގަނޑާއި ހަމައިން ކަމަށެވެ. 

މިއެންމެން މިހާރު ތިބީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިއަދު އޮންލައިން