"ފާފަވެރިޔާ ވާހުށީ ޝައިޠާނާގެ އަސީރެއްގެ ގޮތުގައެވެ. އޭނާގެ ޝަހުވަތުގެ ޖަލުގައެވެ. އޭނާގެ ހަވާ ނަފުސުގެ ހިލިހިލާގައި ގައިދުވެފައެވެ. ފަހެ ފާފަވެރިޔާއަކީ ހިލިހިލާގައި ޖެހޭ އަސީރެއްގެ ގޮތުގައި ޖަލަށް ލެވިފައިވާ މީހެކެވެ.
(އިންސާނުންގެ) އެންމެ ބޮޑު އަދާވާތްތެރިޔާގެ އަސީރަކަށްވެ އޮންނަން ޖެހޭ މީހަކަށްވުރެ ނުބައި ހާލެއްގައި ވާނެ މީހަކު ނުވެއެވެ. ހަވާ ނަފުސުގެ ޖަލަށްވުރެ ދަތިވެގެންވާ ޖަލެއް ނުވެއެވެ. ޝަހުވަތުގެ ހިލިހިލާއަށްވުރެ އުނދަގޫ ބޮޑު ހިލިހިލާއެއް ނުވެއެވެ."
-ޝައިޚް އަހްމަދު ރިމާޒް- (އިބްން ޤައްޔިމް ރަޙިމަހުﷲގެ ބަސްފުޅެއް)
އިބްން ޤައްޔިމް ރަޙިމަހުﷲގެ މިބަސްފުޅުތަކަކީ ފާފަކުރުމުން ދުރުހެލިވެ ސަލާމާތް ވުމަށް އެދޭ ހަމަ ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް ވިސްނައިލުން މުހިންމު ވާހަކަފުޅެކެވެ. އެހެނީ ފާފަ ކުރުން ހުއްޓާލަން ބައެއް މީހުން ބޭނުންވި ނަމަވެސް ނުހުއްޓިގެން އުޅޭ ސަބަބު މި ބަސްފުޅުން ވަރަށް ސާފުކޮށް އެނގޭތީއެވެ.
"ފާފަވެރިޔާ އެވަނީ ޝައިޠާނާގެ އަސީރެއްގެ ގޮތުގައި އޭނާގެ ޝަހުވަތުގެ ޖަލުގައެވެ. އޭނާގެ ހަވާ ނަފުސުގެ ހިލިހިލާގައި ގައިދުވެފައެވެ. ފާފަވެރިޔާއަކީ ހިލިހިލާގައި ޖެހޭ އަސީރެއްގެ ގޮތުގައި ޖަލަށް ލެވިފައިވާ މީހެކެވެ." އޮތުމުން ފާފަކުރުމުން ސަލާމަތް ނުވެވޭ ސަބަބު މިއޮތީ އެނގޭށެވެ.
އިބްން ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި އެވަނީ އިންސާނުންގެ އެންމެ ބޮޑު އަދާވާތްތެރިޔާގެ އަސީރަކަށްވެ އޮންނަން ޖެހޭ މީހަކަށްވުރެ ނުބައި ހާލެއްގައި ވާނެ މީހަކު ނުވާކަމަށެވެ. އަދި ހަވާ ނަފުސުގެ ޖަލަށްވުރެ ދަތިވެގެންވާ ޖަލެއް ނުވަކަމަށާއި ޝަހުވަތުގެ ހިލިހިލާއަށްވުރެ އުނދަގޫ ބޮޑު ހިލިހިލާއެއް ނުވާކަމަށެވެ.