އެންމެންގެ ސަލާމަތަށްޓަކައި ހެލްމެޓް އަޅަން އެންގުމުން މިއަދު ހަވީރު ހުޅުލެ ޓްރެފިކް ލައިޓް ކައިރިން މީހަކު ބޮލުގައި ތެއްޔެއް އަޅުވައިގެން ސައިކަލެއްގެ ފަހަތުގައި އިންދައި ހުއްޓުވައި ނަޞޭޙަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެމީހާ ގޮވައިގެން ސައިކަލް ދުއްވީ ލައިސަންސް ވެސް ނެތް މީހެއް ކަމަށާއި ލައިސަންސް ނެތި ދުއްވުމުގެ އިތުރުން ސައިކަލުގެ އަހަރީ ފީ ނުދައްކާ ކަމަށާއި ރޯޑްވާދިނަސް އަދި އިންޝުއަރަންސް ވެސް ހަމަ ވެފައިވާތީ އެމީހާ ޖުރުމަނާކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ހެލްމެޓް އަޅައިގެން ނޫނީ ސައިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސި ދުވަސްވަރު މީހަކު ވަނީ ކުކުޅެއްގެ ބޮލުގައި ނާއްޓެއް އަޅުވައި ކުކުޅު އުރާލައިގެން ސައިކަލް ދުއްވައިފައެވެ.