ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި އަދި މާތް ﷲގެ ވާގިފުޅާއިއެކު އެތާއީދު ދަމަހައްޓަވާނެ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ގުޅުން ބޭއްވުމުގައި ދީނުގައި އެކަން އައިސްފައިވާ ގޮތް ބުނެދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ނުކުރާކަމަށް މާނަކުރުމަކީ ކުށް ހީއެއް ކަމަށްވެސް ޝައިޚް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
ޝައިޚް އިލްޔާސް ވަނީ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެހެންކަމާއިއެކު ވެސް ސަރުކާރުގެ ތެރެއިންނާއި މުޖުތަމައުން ފެންނަމުންދާ އިސްލާމް ދީނާއި ތަޢާރަޒްވާ ކަންކަމުގައި ޝައިޚް އިލްޔާސް ގެންދަވަނީ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތް ހާމަކުރައްވަމުންނެވެ
https://twitter.com/ilyaasipa/status/1104916402710999040
