ބ. އަތޮޅުގައި ތަރައްޤީ ކޮށްފައިވާ ސޮނޭވާފުށި ރިސޯޓުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރާ "އީކޯ ސެންޓަރު" ގައި އަލިފާން ރޯވެއްޖެއެވެ.
ސޮނޭވާފުށީގެ އެއީކޯ ސެންޓަރަކީ، އެރިސޯޓުގައި އުފެދޭ ހުރިހާ ކުންޏެއް މެނޭޖު ކުރާ ސެންޓަރެވެ. އެތަނުގައި ގިނަ އަދަދެއްގެ ދަރާއި، ފަން އަދި އެނޫންވެސް ފަސޭހައިން އަލިފާން ހިފާ ޒާތުގެ ތަކެތިވެސް ހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ގެ ބަހެއް އަދި ލިބިފައި ނުވާއިރު، އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ވެސް އަދި ލިބިފައެއް ނުވެއެވެ.
މިއަހަރުގެ މިހާތަނަށް ބަލާއިރު މިއީ އަލިފާނުގެ ހާދިސާއެއް ހިނގި ހަތަރުވަނަ ރިސޯޓެވެ.