މާމެންދޫން ބެލެނިވެރިންނަށް ވަގަށް ކުޑަ ކުއްޖަކު ނަގައިގެން ޑިންގީގަ ދިއަ މީޙުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފި އެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި ކަނޑުމަތިން އަތުލައިގަނެވިފައިވަނީ 22، 24 އަދި 26 އަހަރުގެ 3 ފިރިހެނުން ކަމަށެވެ.
މާމެންދޫން މައުލުމާތު ދިން މީހަކު ބުނެފައިވަނީ މި 3 މީހުން މާމެންދޫއަށް ގޮސްފައިވަނީ މޫނު ނިވާކޮށްގެން ތިބެ ކަމަށެވެ. އަދި އެ ކުއްޖާ ޑިންގީއަށް ގެނެސް ދިނުމުގައި ރަށުގެ މީހަކު އެހީތެރިވިކަމަށެވެ. އަދި އެ 3 މީހުން މާމެންދޫއަށް ދިއަ ޑިންގީން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށްވެސް ބުނެއެވެ.