ވުޟޫކޮށްގެން ނިދައިފި ނަމަ ނިދީގެ ތެރެއިން ހޭލެވިގެން ކުރާ ދުޢާ ﷲ އިޖާބަކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ވުޟޫކޮށްގެން ނިދައިފި ނަމަ ނިދީގެ ތެރެއިން ހޭލެވިގެން ކުރާ ދުޢާ ﷲ އިޖާބަކުރައްވަވާނެ!

ޠަހާރަތުގެ މަތީގައި (ވުޟޫކޮށްގެން) ނިދައިފިނަމަ އެމީހަކާއިއެކުގައި މަލާއިކަތަކު ވާނެއެވެ. ހޭލެވޭ ކޮންމެ ފަހަރަކު މަލާއިކަތާ އެމީހަކަށްޓަކައި ދުޢާ ކުރައްވާނެތެވެ. "ޔާﷲ! އިނބަ އިލާހުގެ މިއަޅާގެ ފާފަ ފުސަވައި ދެއްވަވާނދޭވެ! ފަހެ އޭނާ ރޭކުރަނީ ޠަހާރަތުގެ މަތީގައެވެ." 

އަދި ނިދީގެ ތެރެއިން ހޭލެވި އެފަދަ މީހަކު ކުރާ ދުޢާ ﷲ އިޖާބަކުރައްވަވާނެއެވެ.

(صحيح الترغيب والترهيب 597،598)

މިއިން އެނގިގެންދަނީ ވުޟޫކޮށްގެން ނިދުމުގެ މާތްކަމެވެ. މިފަދަ މަތިވެރިކަން ލިބެން އޮއްވައި ދޫކޮށްލަން ހެޔޮ ނުވާނެއެވެ!

 

­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

މިއަދު އޮންލައިން