ނިއު ޕޯޓް ވިއު ރެސްޓޯރަންޓު ބަންދުކޮށް، އެ ބިން އެއް މަސްދުވަހުގެ ތެރޭގައި ހުސްކުރަން ސަރުކާރުން އަންގައިފިއެވެ.
ނިއު ޕޯޓް އާއި ޕްލެޓްފޯމް ސަރަަހައްދު ހުސްކުރަން އެތަން ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ސަރުކާރުން އެންގީ އެ ސަރަހައްދު އާއްމުންނަށް ހުޅުވާލަން ބޭނުންވާތީ ކަމަށް މައުލޫމާތުލިބިފައިވެއެވެ.

ނިއު ޕޯޓް އާއި ޕްލެޓްފޯމް ސަރަަހައްދު ބަންދުކުރަނީ ބަދަލު ދޭ ގޮތަށް ކަމަށް ވެސް މައުލޫމާތުލިބިފައިވެއެވެ.
ނިއު ޕޯޓް ވިއު ރެސްޓޯރަންޓަކީ ސިނަމާލެ ބްރިޖް އަޅަމުން ދިޔައިރު އެ މަންޒަރު ބަލަން މީހުން ތިބެން އެޅި ޕްލެޓްފޯމާ އެކު ތަރައްގީކޮށްފައިވާ ތަނެކެވެ. މިތަން ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.