ޕިކަޕެއްގެ ފުރޮޅު ދަށަށް އަތްލެވި، މީހެއްގެ އިނގިއްޔެއް ފަޅައިގެން ގޮސްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 36ސ
ޕިކަޕެއްގެ ފުރޮޅު ދަށަށް އަތްލެވި، މީހެއްގެ އިނގިއްޔެއް ފަޅައިގެން ގޮސްފި

މާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅެއްގެ ދަށަށް އަތްލެވި، މީހެއްގެ ވައަތު މެދު އިނގިލީގެ ކޮޅުން ފަޅައިގެން ގޮސްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ މިއަދު މެންދުރު 14:05 ހާއިރު އިސްކަންދަރު މަގު ބުރު ކައިރިން ހިނގާފައި ދިޔަ މީހަކު، އެމަގުގައި ހުރި ލަކުޑިތަކެއްގައި އަޅައިގަނެގެން ބިންމައްޗަށް ވެއްޓުނު ވަގުތު، އެމަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ވާތްފަރާތު ފުރޮޅު ދަށަށް އެމީހާގެ ވާއަތްލެވި މެދު އިނގިލީގެ ކޮޅުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ އުމުރުން ދުވަސްވީ ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އޮންލައިން