މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ގަން އެއާޕޯޓަށް ޖައްސައިފި!

ކިޔުމަށް ހޭދަވާނީ 38ސ
މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ގަން އެއާޕޯޓަށް ޖައްސައިފި!

ޓެކްނިކަލް މައްސަލައެއް ދިމާވެގެން މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ލ.ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

 

މޯލްޑިވިއަންގެ ޕަބްލިކް ރީލޭޝަން އޮފިސަރ މޫސާ ވަސީމް ވިދާޅުވީ، މާލެ އާއި ކައްދޫ އަދި ގަމަށް ދަތުރުކުރި މޯލްޑިވިއަން ކިއު2 118 ފްލައިޓް ޖެއްސުނީ އެއްގަޑިއިރާއި ވިހި މިނިޓް ވައިގައި ހޭދަކޮށްފައި ކަމަށެވެ.  ފްލައިޓް ޖައްސަން އޮތް ގަޑިއަކީ 12:21 ނަމަވެސް އެފްލައިޓަށް ޖެއްސުނީ ކުރެވުނީ 01:37 ގައެވެ.

 

މޯލްޑިވިއަން އިން ވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކޮށްފައެވެ. އެގޮތުން ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައާއެކުވެސް ބޯޓު ވަނީ ކާމިޔާބު ކަމާއެކު ގަން އެއާޕޯޓަށް ޖައްސާފައި ކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން