ބަންގްލަދޭޝްގައި އިއްޔެ ހިނގި މަރާމާރީއެއްގައި ދިވެއްސަކު މަރާލައިފިއެވެ.
މަރާލާފައިވާ ދިވެހި މީހާގެ ނަމަމަކީ ލާލު ޝާހް (35 އަހަރު) ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖާބިދު އަލީގެ ދަރިއަކާ ދެމެދު ހިނގި މާރާމާރީއެއްގެ ސަބަބުން ޖަބީދުގެ އާއިލާގެ ބައެއް މީހުން ގޮސް ތޫނު އެއްޗަކުން ލާލް ޝާހަށް ހަމަލާދިނުމުނަކަމަށް ބަންގާޅު ފުލުހުން ވަނީބުނެފައެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލާލް ޝާހަށް ވަނީ މަރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ޗުނަރަގަތް ސްޓޭޓްގައިވާ ސަދޭކްޕޫރްގެ ހޮސްޕިޓަލަކަށެވެ.
https://unb.com.bd/category/Bangladesh/expatriate-hacked-dead-in-habiganj/14221