ފައުޅުކަން ބޮޑު ނުބައި ވާހަކަތަކާއި، ނުބައި މަޤްޞަދު ހިމެނޭ "ހިޑްން ޕލޭން"ތަކަށް، އެންމެހައި ލޮބުވެތި ރައްޔިތުން ސަމާލުވެގެން ތިއްބެވުމަށް ޝައިޚް ޢަލީ ޒައިދު އެދިވަޑައިގެންފިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރުފިޔާ ފައިސާ އިން ޖީބު ފުރި ނަމަވެސް ކައްވަޅަށް ދާނީ ހަމަ ހުސް އަތާއި ކަމަށެވެ. އަދި މުސްލިމުންނަށް އާޚިރަތްވެސް އެބައޮތް ކަމަށާއި އެކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ.
(ޢާޚީރަތް ދުވަސް އެންމެންނަށް ވެސް އޮންނާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތުގައި އާޚިރަތް ދުވަހަށް އީމާންވެގެން މިތިބީ މުސްލިމުންނެވެ. ހައްޤު ނޫން ފައިސާ ބޭނުންކުރުމުން ނަރަކައަށް ދާން ޖެހިދާނެކަން ޤަބޫލުކޮށްގެން މިތިބީ މުސްލިމުންނެވެ. އަދި ހަލާލް ތަކެތި ބޭނުންކޮށްގެން ސުވަރުގެ ހޯދަން ދަހިވެތިވެގެން މިތިބީ ވެސް މުސްލިމުންނެވެ. މުސްލިމުންނަށް ޢާޚިރަތް އެބައޮތް ކަމަށް ވިދާޅުވެފައިވާ ބަސްފުޅަކީ އެއީކަމަށް ޤަބޫލުކުރެވެއެވެ.)
https://twitter.com/alizaid1000/status/1105684817616691200
