ރަލާއި ޒިނޭއަށް ހިތްވަރުދީ، ބެރުޖަހައި ނަށާ މީހުން މިކުރެވެނީ ކިހައިވަރެއްގެ ކަމެއްތޯ ވިސްނައި ފިކުރުކޮށްލަން ޖެހޭ: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރަލާއި ޒިނޭއަށް ހިތްވަރުދީ، ބެރުޖަހައި ނަށާ މީހުން މިކުރެވެނީ ކިހައިވަރެއްގެ ކަމެއްތޯ ވިސްނައި ފިކުރުކޮށްލަން ޖެހޭ: ޝައިޚް މުޙައްމަދު ލަޠީފް

"އަޅުގަނޑުމެން ދިވެހިން މިތިބީ ކޮން ފަދަ މަސްތެއްގައިތޯ؟ ﷲގެ ދީނަށް ފުރައްސާރަކޮށް އެކަލާނގެ އިންތަކަށް އަރައިގަތުމަށް، އެކިފަހަރުމަތިން ދިވެހިންނަށް ހިތްވަރުދެވެމުންދާއިރުވެސް އެކަން އެމީހުންނަށް ބުޑު ކަމަކަށް ނުވެއެވެ. ﷲއަށްޓަކައި ރުޅި އަންނަން ޖެހޭ ކަމަކަށްވެސް ނުވެއެވެ.

އެއިގެ އިތުރުން ދީނުގެ ދިފާޢުގައި އެފަދަ ކަމަކާއި އެއްޗެއް ބުނާ މީހާއަށްވުރެ ނުބައި މީހަކު ނެތްކަމަށް ބުނެ އިންޒާރުދޭ މީހުން އުޅެއެވެ. އެމީހުންގެ އިސްލާމް ކަމާއިމެދު ސުވާލު އުފެދެއެވެ.

ރަލާއި ޒިނޭއަކީ ކީރިތި ޤްރުއާނުގެ ޞަރީޙަ ނައްޞުން ޙަރާމް ކުރައްވަވާފައިވާ ދެ ކަންތަކެވެ. އެއަށް އަރައިގަތުމަށް ހިތްވަރުދީ، ބެރުޖަހައި ނަށާ މީހުން އެކަނި ތަނެއްގައި އިނދެގެން މިކުރެވެނީ ކިހައިވަރެއްގެ ހެޔޮ ނުވަތަ ނުބައި ކަމެއްތޯ ވިސްނައި ފިކުރުކޮށްލަން ޖެހެއެވެ. ﷲ އަޅަމެންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވަވާށި!"

--ޝައިޚް މުޙައްމަދު ލަޠީފް

މިއަދު އޮންލައިން