ޙުރުމަތްތެރިވެގެންވާ ﷲ ގެ ގެކޮޅުތަކުގަ ހުންނަ ތަކެތީގަ ޗޭނު ޖަހަން ޖެހިފަ މިވަނީ ﷲ ގެ ޙުކުމްފުޅުތައް ތަންފީޒު ނުކުރާތީ: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޙުރުމަތްތެރިވެގެންވާ ﷲ ގެ ގެކޮޅުތަކުގަ ހުންނަ ތަކެތީގަ ޗޭނު ޖަހަން ޖެހިފަ މިވަނީ ﷲ ގެ ޙުކުމްފުޅުތައް ތަންފީޒު ނުކުރާތީ: ޝައިޚް އާދަމް ނިޝާން

ހުރުމަތްތެރިވެގެންވާ ﷲ ގެ ގެކޮޅުތަކުގައި ހުންނަ ތަކެތީގައި ޗޭނު ޖަހަން ޖެހިފަ މިވަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒު ނުކުރާތީ ކަމަށް ޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ ރާއްޖޭގައި ރީތިކޮށް އަޅާފައި ހުރި ބޮޑެތި މިސްކިތްތައް އެބަހުރި ކަމަށާއި ނަމަވެސް އެ މިސްކިތަތްކުގައި ހުންނަ އަގުބޮޑު ތަކެތީގައި ޗޭނު ޖަހައި ތަޅުލާފައި ބަހައްޓަން ޖެހިފައިވާ ކަމަށެވެ. އަދި މިހާލަތަށް ޤައުމުގެ ކަންކަން ގޮސްފައި މިވަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒު ނުކޮށް އަމިއްލައަށް ޙުކުމްތައް ހަދައިގެން ކުރަމުން ގެންދާތީ ކަމަށެވެ. 

ޝައިޚް އާދަމް ނިޝާން ވިދާޅުވީ ﷲ ތައާލާ ވަކި ގޮތަކަށް ޙުކުމްފުޅުތައް ބާވައިލައްވަވާފައި ވަނިކޮށް އަމިއްލައަށް ޙުކުމްތައް ހަދައިގެން ޙުކުމް ކުރުމަކީ ތިމާމެން ﷲ ތަޢާލާއަށްވުރެ މާމަތިވެރިކަމަށް ދައްވާކުރުން ކަމަށެވެ. އަދި އެފަދައިން ކަންކަން ކުރުމުން އެބުނެވެނީ ﷲ ތަޢާލާއަށް އެނގިވޮޑިގަންނަވާ ވަރަށްވުރެ މޮޅަށް ތިމަންމެންނަށް އެނގޭ ކަމަށް ކަމަށެވެ. 

ޝައިޚް އާދަމް ނިޝާން ވިދާޅުވީ އިންސާނުން އަމަލުކުރަންވީ ގޮތް، އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އިންސާނުން އުފެއްދެވި ﷲ ތަޢާލާ ކަމަށެވެ. އަދި ﷲ ތަޢާލާއީ އެންމެ އޯގާތެރިވަންތަ ރަސްކަލާނގެ ކަމަށާއި އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް އަނިޔާއަކަށް ވާނެ އެއްވެސް ޙުކުމްފުޅެއް ﷲ ތަޢާލާ ބާވައިލައްވަވާފައި ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން