ނަތީޖާ ނެރެން ބޭނުންނަމަ ވާހަކަ ދައްކަން ޖެހޭނީ އެހެން މީހުން ރުޅި ނާންނާނެ ގޮތަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ނަތީޖާ ނެރެން ބޭނުންނަމަ ވާހަކަ ދައްކަން ޖެހޭނީ އެހެން މީހުން ރުޅި ނާންނާނެ ގޮތަށް!: މުފްތީ މެންކް

ބައެއް މީހުން ހީކުރަނީ އެހެން މީހުން ރުޅި އަންނާނެ ގޮތަށް ވާހަކަ ދެއްކުމަކީ ކުރެވޭ މޮޅުކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކަމެއް ޙާޞިލުކުރަން ބޭނުން ނަމަ ނުވަތަ ކަމަކުން އެއްވެސް ނަތީޖާއެއް ނެރެން ބޭނުން ނަމަ ވާހަކަދައްކަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނުންތެރިކަމާއިއެކު އެހެން މީހުން ރުޅި ނުއަންނާގެ ގޮތްތަކަށް ވިސްނައިގެން އެ ގޮތްތަކަށެވެ.

އަމިއްލަ ދިރިއުޅުމުގައިވެސް އެކަން ކުރަންޖެހޭނީ އެގޮތަށެވެ. ދެމަފިރިންގެ މެދުގައި މުޢާމަލާތު ކުރާއިރުވެސް އަނެކާގެ ހިތުގައި ޖެހޭނެ ގޮތަށް، ރުޅި އަންނާނެ ގޮތަށް މުޢާމަލާތުކޮށްގެން ނުވާނެއެވެ. ކިތަންމެ ހިތްހަމަ ނުޖެހޭ ކަމެއްގައި ވެސް ރިވެތި ބަހުން މުޢާމަލާތު ކުރެވޭނެއެވެ. ނަމަވެސް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އަމުރުވެރި ރާގުގައި މުޢާމަލާތުކުރުމުން އެމީހާގެ ދަރަޖަ މަތިވާކަމަށެވެ. އަނެކަކު ރުޅި އަންނަ ފަދަ ބަހުރުވައިން ވާހަކަ ދެއްކީމާ ބިރުގަނެ ތިމާ އެދޭ ގޮތްތައް ޙާޞިލުވާނެ ކަމަށެވެ. ތިމާގެ ކޮޅަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

މިއީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ފަހަރެއްގައި އެވަގުތު އަނެކާ އަޑުއަހައި އަމަލުކޮށްފާނެއެވެ. އެއީ އެ ހާލަތުން ސަލާމަތްވުމަށެވެ. ނަމަވެސް ފަހުން ބޯޅަ ޖަހާނެއެވެ. މާ ވަރުގަދައަށެވެ.

އަމުރުވެރި ހަރުކަށި ޢިބާރާތުން މުޢާމަލާތު ކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤުން ވެސް ބޭރު ކަމެކެވެ. އިސްލާމް ދީނުގައި އޮތީ އަނެކާގެ ހިތުގައި ނުޖެހޭނެ ފަދަ ރިވެތި ބަހުރުވައިން މުޢާމަލާތު ކުރުމަށެވެ. ދުލުން ބުނާ ބަހަކުން ނަމަވެސް އަނެކާގެ ހިތުގައި ޖެއްސުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ކަމެއް ނޫން ކަމަށް ހީކުރި ނަމަވެސް އެއީ ފާފަވެރިވާނެ ކަމެކެވެ.  

ތިމާގެ ބެލެނިވެރިކަމުގައި ތިބޭ މީހުންނާއި މުޢާމަލާތު ކުރުމުގައިވެސް އަމުރުވެރި، ހަރުކަށި އުޞޫލުތައް ނުގެންގުޅޭށެވެ. ތިމާގެ އަމިއްލަ އަނބިދަރިންނާއި މައިން ބަފައިންނަށް ކަމުގައިވީނަމަވެސް މެއެވެ. ތިބާގެ މައްޗަށް އެމީހުންގެ ހިތްތައް ލެނބިގެންދާނީ އޯގާތެރިވީވަރަކުންކަން ޔަޤީނެވެ. މިކަންކަން ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. ނަަބަވީ އިރުޝާދުތަކުން އެނގެން އެބައޮތެވެ.  

މިކަންކަމަށް ބަލައި އަހަރެން ބުނީތީ ނަމަވެސް ރިވެތި ގޮތުގައި މުޢާމަލާތުކުރަން ފަށައިބަލާށެވެ! ތަފާތު ފެންނާނެކަން ޔަޤީނެވެ.   

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން