﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ﴾
މާނައީ: ” ﷲއަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނައެވެ!) ފަހެ، އެއުރެންވަނީ، ﷲއެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި،ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ.”
މިއީ މުއުމިނުންގެ ހަތަރު ދަރަޖައެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ނަބީކަމެވެ. އަދި ނަބީ ކަމުގެ އެންމެ މަތީދަރަޖައަކީ ރަސޫލުކަމެވެ.
ދެން އެއަށްފަހުގައިވަނީ ޞިއްދީޤުންނެވެ. ޞިއްދީޤުންގެ އެންމެ މަތީ ދަރަޖައިގައިވަނީ އަބޫ ބަކުރު އައްޞިއްދީޤު رضياللهعنهއެވެ.
ތިންވަނަ ދަރަޖައިގައިވަނީ الشهداءއިންނެވެ. އެއީ ޢިލްމުވެރިންކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ﷲ ގެމަގުގައި ހަނގުރާމަކޮށް މަރުވި ބޭކަލުންކަމުގައިވެސް ބުނެވެއެވެ. މިދެމާނައަށްވެސް މިއާޔަތުން އިޙްތިމާލު އެބައޮތެވެ. އަދި އެދެމާނައިގައިފުށުއެރުމެއް ނެތެވެ. ފުށުއެރުމެއް ނެތި އާޔަތަކުން ދެމާނަ ނެގޭނަމަތަފްސީރު ޢިލްމުވެރިންނަށް އެންމެ އެކަށީގެންވަނީ އެ މާނަވެސް ނެގުމެވެ. އެހެންކަމުން މިތަނުގައި الشهداءއިންނަކީ ޢިލްމުވެރިންނާއި ﷲ ގެ މަގުގައިޤަތުލުވެގެން ދިޔަ ބޭކަލުންނެވެ. ނަބީ ބޭކަލުންނަށް ތަބާވީ ބޭކަލުންގެތެރެއިން މިބޭކަލުންވަނީ ދަރަޖައިގެ ގޮތުން އެންމެ މަތީގައެވެ. އެއީޞިއްދީޤުން ފިޔަވައެވެ.
﴿الصَّالِحِينَ﴾
އެއީ މިދަރަޖަތަކުގެ ތެރެއިން އެންމެ ތިރި ދަރަޖައެވެ.
(إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا) މާނައަކީ: "ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ."
މިތަނުގައި (إِنَّا لَا نُضِيعُ أَجْرَهُمْ ) "އެބައިމީހުންގެ އަޖްރޭ" ބަޔާން ނުކުރައްވާ "ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ." އޮތުމުގެ ޙިކްމަތަކީ އެބައިމީހުންނށް މިމަތިވެރި ދަރަޖަ ލިބުނު ސަބަބު ބަޔާން ކުރެއްވުމެވެ. އެސަބަބަކީ އެބައިމީހުން ހެޔޮޢަމަލު ކުރުމުގެ ސަބަބުންނެވެ. ސޫރަތުއް ރަޙްމާންގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثوابކަމުގައި މެނުވީ ވާނެހެއްޔެވެ؟"
ހެޔޮޢަމަލެއް ކަމުގައިވާނީ އެޢަމަލެއްގައި އިޚްލާޞްތެރި ކަމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިގްތިދާކުރުން ހިމެނިގެންނެވެ.
(أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهِمُ الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ﴿٣١﴾)
(أُولَـٰئِكَ لَهُمْ جَنَّاتُ عَدْن) މިތަނުގައި އިޝާރާތް ކުރައްވާފައިވަނީ އީމާންވެ ހެޔޮޢަމަލުކުރާ މީހުންނަށް.
(جَنَّاتُ)މިއީ (جَنَّةُ) ގެ ޖަމްޢު އެވެ. އެއީ މާތް ﷲ އެކަލާންގެ ތަގްވާވެރި އަޅުންނަށްޓަކައި ތައްޔާރު ކުރައްވާފައިވާ ރަޙްމަތުގެ ގޯތިއެވެ. އެތަނުގައި ލޮލަށް ފެނިފައިނުވާ، ކަންފަތުން އަޑު އަހާފައިނުވާ، ހިތަށް ތަޞައްވުރުކޮށްލެވިފައިނުވާ ފަދަ މަތިވެރި ނިޢްމަތްތައްވެއެވެ.
މިތަނުގައި ޖަމްޢުގެ ޞީޣާގައި ގެންނަވާފައިވުމުގެ ޙިކްމަތަކީ އެކިވައްތަރުގެ ބަގީޗާތައް މުއިމިނުންނަށް ޓަކައި ސުވަރުގޭގައިވާތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (جَنَّتَانِ مِنْ فِضَّةٍ آنِيَتُهُمَا وَمَا فِيهِمَا وَجَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا)[1] މާނައަކީ: "ރިހީގެ ދެ ބަގީޗާއެވެ. އެތަނުގައިވާކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ. އަދި ރަނުގެ ދެބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ."
މިކަމަށް އިޝާރާތް ކުރައްވާ ސޫރަތުއް ރަޙްމާންގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ﴿٤٦﴾ ) މާނައަކީ: "އެމީހާގެ ވެރިރަސްކަލާނގެ حضرةގައި ހުންނަންޖެހޭ ހުރުމާމެދު،ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ހުށްޓެވެ."
ދެން އެއަށްފަހު އެދެސުވަރުގޭގައިވާ ބަގީޗާތަކުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ރަޙްމާންގެ 62 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمِن دُونِهِمَا جَنَّتَانِ ﴿٦٢﴾ ) މާނައަކީ: " އަދި އެ ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ފިޔަވައި ދެސުވަރުގެ ނުވަތަ ދެބަގީޗާވެއެވެ."
ފަހެ އެބައިމީހުންނަށް ވަނީ ބަގީޗާތަކެކެވެ. މުއުމިނުންކުރެ ޞާލިޙުޢަމަލުކުޅަ މީހުންނަށްހުރި ޖަޒާކަމުގައި ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވާފައިމިވާ ބަގީޗާތަކަކީ ވަރަށް މަތިވެރިވެގެންވާ މަންޒިލުތަކެކެވެ. އެތަންތަންތައްޔާރުކުރެވިފައިވާވަނީ މުއުމިނު ތަޤްވާވެރި މީހުންނަށެވެ. އެތަނުގައިވަނީ ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށްއިވިފައިނުވާ އަދި ހިތަކަށް އަރާފައިވެސް ނުވާފަދަ ނިޢުމަތްތަކެކެވެ. މިދުނިޔޭގައި ހުރި އިންސާނަކަށް އާޚިރަތުގެ ނިޢުމަތްތައްތަޞައްވަރުކޮށްލުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީތަޞައްވަރުކޮށްލެވޭ ވަރަށްވުރެމެސް މާ މަތިވެރިތަނެކެވެ. އިބްނު ޢައްބާސްرضياللهعنهماވިދާޅުވިއެވެ. (لَيْسَ فِي الْجَنَّةِ مِمَّا فِي الدُّنْيَا إِلَّا الْأَسْمَاءَ)މާނައަކީ: " ދުނިޔޭގައިވާ ތަކެތިން ކުރެ ހަމައެއްވެސް އެއްޗެއް ސުވަރުގެއަކު ނުވެއެވެ. އެތަނުގައި ބޭނުންކުރެވޭ ނަންތައް ފިޔަވައެވެ."
ނަމުގެ ގޮތުން އެކައްޗެއްނަމަވެސް، އޭގެ ޙަގީގަތް ވަރަށް ތަފާތުވާނެއެވެ.
( جَنَّاتُ عَدْنٍ )
"އަލްޢަދްން" އަކީ ތަނެއްގައި ޤާއިމުވެ ތިބެ އެތަނުން ނުދިޔުމެވެ. ސުވަރުގޭގެ ނިޢުމަތުގެފުރިހަމަކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެތަނުގެ އަހުލުވެރިންއެތަނުގައިވާ ނިޢުމަތްތައް ދޫކޮށްފައިވާ ދިޔުމަށް ނޭދޭނެ ކަމެވެ. އެހެނީއޭނާއަށް ވުރެ ފުރިހަމަ ޙާލެއްގައި އެހެން މީހަކު އުޅޭތަނެއް އޭނާއަކަށްނުފެންނާނެއެވެ. އަދި އޭނާއަށް ވުރެ މަތީގައި އަދި ފުރިހަމަކަމެއްގައި އުޅޭމީހަކަށްވުރެ އޭނާ ނިކަމެތިކަމެއް އިޙުސާސެއް ނުވާނެއެވެ. ސޫރަތުލް ކަހްފްގެ 108 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴿١٠٨﴾) މާނައަކީ: "އެއުރެން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށްނޭދި، އެތާނގައި ދެމިތިބޭ حالގައެވެ."
މިސަބަބަށް ޓަކައި މިސުވަރުގެ ތަކަށް ﷲ ނަންދެއްވާފައިވަނީ (جَنَّاتُ عَدْنٍ) ގެ ނަމުންނެވެ.
(تَجْرِي مِن تَحْتِهِمُ الْأَنْهَارُ) މާނައީ: “އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ.”
ޢިލްމުވެރިން ވިދާޅުވެއެވެ. އެތަނުގައިވާ ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން ހިނގަހިނގާ ހުންނާނެއެވެ…މިތަނުގައި ﷲ ތަޢާލާ އިޖުމާލީ ގޮތެއްގައި ބަޔާންކުރެއްވި ކަންކަން ތަފްޞީލީގޮތެއްގައި محمدސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވިއެވެ. (مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾ ) މާނައަކީ: "تقوىވެރިންނަށް وعدކުރައްވާފައިވާ ސުވަރުގޭގެ مثالއަކީއެތާނގައި تغيّرކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެމޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުންހުށްޓެވެ. (މިހުރިހާ نعمةތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދިކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"
ބައެއް އަޘަރުތަކުގައި އައިސްފައިވާގޮތުން ސުވަރުގޭގެ މިކޯރުތައް ހިނގަހިނގަ ހުންނަނީ ވަޅުގަނޑެއް ނެތިއެވެ. އޭގެ މާނައަކީ އެ ހިނގަހިނގާ ހުންނަނީ ސީދާ ބިންމަތީގައެވެ. އަދި އިންސާނާބޭނުން ދިމާއަކަށް އެދެއެވެ. އަދި ފެންގަނޑު އެކިފަރާތްފަރާތަށް ގޮސްދާނެތީވަކި ބިނާއެއް ނުވަތަ ވަޅުގަނޑެއް އެއަށް ބޭނުންނުވެއެވެ.
(يُحَلَّوْنَ فِيهَامِنْ أَسَاوِرَ مِن ذَهَبٍ) "އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ."
(وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ) " އަދި ފެހިކުލައިގެ سُندُسއާއި إستَبرَق (އެބަހީ: ފަލަފަށުއި) ފޭރާން ލާނެތެވެ."
މިތަނުގައި " ފެހިކުލައިގެ سُندُس" ފެހިކުލަ ޚާއްޞަ ކުރައްވާފައި ވުމުގެ ޙިކްމަތަކީ އެއީ ލޮލަށް އެންމެ ފަސޭހަކުލަކަމަށްވާތީވެއެވެ. ހަމައެއާއި އެކު އެއީ ރީތި ކުލައަކަށްވާތީވެއެވެ.
(مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ) "އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ حالގައެވެ." މިއިން ދޭހަވަނީ އެމީހުން ސުވަރުގޭގައި އުޅޭލެއް އަރާމު ކަމެވެ.
(نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا) "(އެއުރެންނަށްހުރި) ثوابގެ މޮޅުކަމާއެވެ! އަދި (އެއުރެން) ތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!"
ސޫރަތުލް ފުރްގާންގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا ﴿٢٤﴾)މާނައަކީ: " އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهلވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ."