3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ ކަމަށް ފިރިމީހާ ބުނާފަހުން 3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ ކަމަށް ފިރިމީހާ ބުނާފަހުން 3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ!: ޑރ. އިޔާޟް

"އަނބިމީހާ މާގިނައިން ވަރިއަށް އެދޭތީ ފިރިމީހާ މިބުނަނީ އިތުރަށް 3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ ކަމަށް. ފިރިމީހާ މިގޮތަށް ބުނެފައިވަނިކޮށް އަނބިމީހާ 3 ފަހަރު ވަރިއަށް އެދި ބުނެފި ނަމަ ވަރިވާނެތޯ؟" މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ އެހާލަތުގައި ވަރިވާނެ ކަމަށެވެ. 

ވަރިއާއިމެދު އަދިވެސް ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ. "އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ފަސޭހަކަމާއިއެކު ވަރަށް އާދައިގެ ކަންކަމުގައި އަނބިމީހާ ވަރިއާއި އަޅުވަމުންދެއެވެ. މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ވަރިއަކީ ސަމާސާއަށް  ކުރެވޭ ކަމެއް ނޫނެވެ. (ވަރިކުރުމަކީ ސަމާސާއަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މާމުހިންމު ކަމެކެވެ.) ވީމާ ކޮންމެހެން ވަރިކުރަން ބޭނުންވެގެން ނޫނީ މިބަސް (ވަރި) ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ." 

ކޮންމެހެން ވަރިވާން ބޭނުން ވެގެން ނޫނީ ވަރިއަށް ނުއެދުމަށް ވެސް ޑރ. އިޔާޟް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިއަދު އޮންލައިން