ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޤާނޫނީ ވަކީލް ޙިސާން ޙުސައިން އާއި ބެހޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅާފައި ނުވާކަމަށާއި ހިސާން ހުސައިން އާއި ބެހޭ މައްސަލައެއް ފުލުސް އޮފީހަށް ހުށްހެޅިފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު މައުލޫމާތު ކަމަށް ޙިށާން ހުސައިންގެ ކެންޕޭނު ޓީމުން ބުނެފިއެވެ.
ހިސާން ހުސައިންގެ ކެންޕޭން ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޙިސާން ޙުސައިން އަކީ އެއްވެސް މީހަކަށް އަނިޔާވެރި އެއްވެސް ކަމެއް ދުވަހަކުވެސް ކުރެއްވި ބޭކަނބަލެއް ނޫން ކަމަށާއި ޙިށާން ޙުސައިން އަކީ އަބަދުވެސް އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރައްވާ އަދި މީހުންގެ ޙައްޤުތައް ރައްކައުތެރިކޮށް ދެއްވުމަށް މަސައްކަތްކުރައްވާ ބޭކަނބަލެއް ކަމަށެވެ.