ސަލަފް ޖަމިއްޔާއިން ބާއްވަން މަސައްކަތް ކުރަމުން އަންނަ ދީނީ ފޯރަމް "ސަލަފް ފޯރަމް 6، އިސްލާމީ ޝަރީއަތުގެ މަޤްޞަދުތައް 1، ދީން ހިމާޔަތްކުރުން" މާދަމާ، ހުކުރު ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހު ފުރްޤާން މިސްކިތުގައި ކުރިއަށް ގެންދަން ނިންނައިފިއެވެ.
މިފޯރަމްގައި ތަޤްރީރް ކުރައްވަން ހަމަޖެހިފައިވަނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އެވެ.
ސަލަފުން ވަނީ މިފޯރަމް ޢަރަބިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ ހޯލުގައި ބާއްވަން މަސައްކަތްކޮށްފައެވެ.