ހިތުގަ ފޮތިއަޅައިގެން ހުރެ ހިނިތުންވާން މަސައްކަތް ނުކުރާށެވެ! މީހާ ހަލާކުވެދާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހިތުގަ ފޮތިއަޅައިގެން ހުރެ ހިނިތުންވާން މަސައްކަތް ނުކުރާށެވެ! މީހާ ހަލާކުވެދާނެއެވެ!: މުފްތީ މެންކް

ހިތުގައި ފޮތިއަޅައިގެން ހުރެ ހިނިތުންވާން ގިނަ ބައަކު މަސައްކަތް ކުރެއެވެ. އެގޮތަށް އެކަން ކުރަން މަސައްކަތް ނުކުރާށެވެ! މީހާ ހަލާކުވެދާނެއެވެ! އިސްލާމް ދީނުގައި އޮތީ ވެސް ހާމަ ކުރުމެވެ. ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމެއްގެ ވާހަކަ ދައްކައި ޙައްލު ހޯދަން މަސައްކަތްކުރުމެވެ. ފޮރުވައި ސިއްރުކޮށްގެން ހުރުމެއް ނޫނެވެ. 

ކަންކަން މެދުވެރިވުމުން ހާމަ ނުކޮށް، ސިއްރުކޮށްގެން ހުންނަ ނަމަ ޝައިޠާނާ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެއެވެ. ކުދިކުދި ކަންކަން ބޮޑެތި ކަންކަމުގެ ގޮތުގައި ދައްކާނެއެވެ. އަނެކާ ހިނިތުންވެލި ނަމަވެސް އެއީވެސް ޙީލަތްތެރި އަމަލެއް ކަމަށް ސިފަކުރާނެއެވެ. 

ކަންބޮޑުވުމާއި ހިތްދަތިކަމާއި ވޭން އިޙްޞާޞް ކުރުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަދި އެކަންކަމަށް ކެތް ކުރުމަކީވެސް އިތުރު މައްސަލަތައް އުފެދޭ ކަމެކެވެ. އެއީ ހަމަ ބަލިވުމުން ކުރީކޮޅުގައި ފަރުވާ ނުކުރުން ފަދަ ކަމެކެވެ. ފަރުވާ ކުރުން ލަސްކުރުމަކީ ކުދިކުދި ކަންކަން އުމަގުވެ ކެންސަރަށްވެސް ބަދަލުވާ ކަމެއް ނޫން ހެއްޔެވެ؟ ދިރިއުޅުމުގެ ކަންކަމަކީވެސް ހަމަ އެފަދަ ކަމެކެވެ. 

ކޮންމެ ކަމެއްގައިވެސް މަޗްވަރާކޮށް ހައްލުކުރަން މަސައްކަތް ކުރުމުގެ އުޞޫލަށް އިސްލާމް ދީން ބާރު އަޅައެވެ. މަޝަވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއްވެސް ކަމެއް ހައްލުކުރަން ބޭނުން ނަމަ މަޝްވަރާ ކުރުމަށްވުރެ ރަނގަޅު ފައިދާހުރި އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މިއީ މުޅި ދުނިޔެވެސް ޤަބޫލުކުރާ ކަންކަމެވެ. މަޝްވަރާކުރަން ފަސްޖެހުމަކީ ޖާހިލު ކަމުގެ ސިފައެކެވެ. 

އެއީ ކޮންމެ ކަމެއް ނަމަވެސް މަޝްވަރާ ކުރާށެވެ! މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާއިއެކުގައެވެ. ޢާއިލީ ކަމެއް ނަމަ މަޝްވަރާކުރުން އަވަސް ކުރަންވެސް ވާނެއެވެ. އެއިރުން ހަމަ ވަރަށް ގިނަ މައްސަލަތައް ނުހަނު ފަސޭހަކަމާއިއެކު ދާނީ ޙައްލުކުރެވެމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން