އޮޅުވާލައިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އޮޅުވާލައިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން!: ޝައިޚް އިލްޔާސް

އޮޅުވާލައިގެން ކަންކަން ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމާއިމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ޝައިޚް އިލްޔާސް ވަނީ ރައްޔިތުން ބޭނުންވާ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ރައްޔިތުން ނިންމާފައިވަނިކޮށް ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ފަހަތުގައި ވަނީ ކޮން ކަހަލަ ބޭނުމެއްތޯ؟ ވެސް ސުވާލު ކުރައްވައިފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުން ހަވާލުކުރި ވެރިކަމުގެ 5 އަހަރު ނިމެންދެން ރާއްޖޭގެ ވެރިކަމަށް ވަޑައިނުގެން ނުހުންނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި އޮތުމުން މިކަމުގައި ފޮރުވިފައިވާ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ސާފެވެ. ރައީސް ނަޝީދަކީ އިސްލާމް ދީނުގެ ކަންކަމުގަ އާއި ޤައުމީ ކަންކަމުގައި އަބަދުވެސް އިތުރު މާނަތައް ހިމެނޭ ގޮތަށް ވާހަކަފުޅު ދައްކަވައި އަމިއްލަފުޅު ސިއްރު އެޖެންޑާތަކެއް ޙާޞިލުކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއްކަން އެމަނިކުފާނުގެ ވާހަކަފުޅުތަކުން ދަނީ ސާބިތުވަމުންނެވެ.

"ރާއްޖޭގައި އޮންނަން އެމްޑީޕީން ބޭނުންވަނީ ރިޔާސީ ނިޒާމް. ނިޒާމް ކަނޑައެޅުމަށް ނެގި ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރީ އެމްޑީޕީ އިން ތާއީދުކުރާ ނިޒާމް ނޫން އަނެއް ނިޒާމަށް ރައްޔިތުން ތާއީދުކުރާނެކަން އެނގޭތީ. އެއީ ރިޔާސީ ނިޒާމު ގެންނަން ބޭނުންވެގެން ކުރި ކަމެއް" ކަމަށް ވިދާޅުވީ ވެސް ހަމަ މިއަދު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ވަކާލާތު ކުރައްވާ ރައީސް ނަޝީދުކަން މިއަދު އެމަނިކުފާނު ހަނދުމަފުޅު އެބަހުރި ކަމާއިމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ.

މިއަދު އޮންލައިން