ޒިނޭ ކުރުމަށް ދައުވަތު ލިބި މަގުފަހިވުމުންވެސް ﷲ އަށް ބިރުން އެކަން ނުކޮށްފި މީހަކަށް ޤިޔާމަތް ދުވަހު ސުވަރުގެ ކަށަވަރުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޒިނޭ ކުރުމަށް ދައުވަތު ލިބި މަގުފަހިވުމުންވެސް ﷲ އަށް ބިރުން އެކަން ނުކޮށްފި މީހަކަށް ޤިޔާމަތް ދުވަހު ސުވަރުގެ ކަށަވަރުވާނެ!: މުފްތީ މެންކް

ޒިނޭ ކުރުމާއި ފާހިޝް ޢަމަލުތައް ކުރުމަކީ މިހާރު އެންމެ ޢާންމުވެފައިވާ ކަންކަން ކަމަށްވީ ނަމަވެސް އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! ޤިޔާމަތް ދުވަހު އެންމެ މަތީ ދަރަޖަ، ދުނިޔޭގައި ނަމަ "ވީއައިޕީ" ދަރަޖަ ލިބޭނެ އެކަކީ ޒިނޭ ކުރުމަށް ދައުވަތުލިބި އެކަމަށް މަގުފަހިވެފައިވަނިކޮށްވެސް ﷲ ތަޢަލާގެ ކޯފާއަށް ބިރުން ޒިނޭ ނުކުރި މީހާއެވެ. އެއީ އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް މެއެވެ.

ނިކަން ވިސްނައިބަލާށެވެ! ޤިޔާމަތް ދުވަހަކީ ޢަރުޝީގެ ހިޔާވަހިކަން ދެއްވެވި މީހަކަށް ނޫން އެއްވެސް މީހަކަށް އެއްވެސް ހިޔާވަހިކަމެއް ނުލިބޭނެ ދުވަހެވެ. އެދުވަހުގެ "ވީއައިޕީ ފޭލިގެ"އަކީ ޢަރްޝީގެ ހިޔާވަހިކަމެވެ. އެ ހިޔާވަހިކަން ދެއްވަވާނެ އެކަކީ ރީތި، އަންހެންކު ނުވަތަ ޒިނޭ ކުރުމަށް ދައުވަތު ދީ އަދި އެކަމަށް މަގުފަހިވެފައި އޮތުމާއިއެކުގައިވެސް ﷲ ތަޢާލާގެ ކޯފާއަށް ބިރުން ޒިނޭ ކުރުމަށް ނޫނެކެވެ ބުނާ މީހާއެވެ. އެއީ އަންހެންކު ނަމަވެސް އަދި ފިހިނެއް ކަމުގައިވީނަމަވެސް އެމީހަކަށް ޢަރްޝީގެ ހިޔާވަހިކަން ދެއްވެވުމަކީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ. 

ދުނިޔެ ފުރިފައި މިވަނީ ތަފާތު ކުލަތަކުން ޒީނަތްތެރިކޮށް ގިރިޓީކޮށް އޮފް އަރުވާފައިވާ މުންކަރާތްތަކުންނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމުންނެވެ. ޝައިޠާނާގެ މަޅިތަކުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމުން ﷲ ތަޢާލާގެ ހެޔޮ ރަހްމަތްފުޅު މިންވަރު ކުރައްވަވާ ގޮތް މިކަމުން އެކަނިވެސް އެނގިގެންދެއެވެ. މިމަތިވެރި ދަރަޖަ ޙާޞިލުކުރަން ކޮށްލަން މިޖެހޭ ހަމައެކަނި ކަމަކީ ދާދި ކުޑަވަގުތު ކޮޅެއްގެ ވަގުތީ އުފަލެއް ދޫކޮށްލުމެވެ. އެކަމުގެ އަގު ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެ ދެއްވަވަނީ މީހަކަށް ލިބޭނެ އެންމެ މަތީ ފެންވަރުގައެވެ. ލިބިގެން އެދަނީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ. އެހެނީ އެދުވަހު ޢަރްޝީގެ ހިޔާވަހިކަމުން ޖާގަ ލިބިއްޖެ މީހާ ހުންނާނީ އުފަލުން ފޮޅިފައެވެ. އެމީހަކު ހިމެނިގެންދާނީ ސުވަރުގެ ލިބޭ މީހުންގެ ތެރެއިންނެވެ. އެމީހަކަށް އެވަނީ ސުވަރުގެ ކަށަވަރުކުރެވިފައެވެ. މިއަށްވުރެ މަތިވެރި ނިޢްމަތަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އެންމެން މި ތެޅިފޮޅެމުންދަނީ އެކަމަށް އެދިގެން ނޫން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚާއްޞަކޮށް އަންހެން ބޭކަނބަލުންނޭވެ! ތިއަ ކަނބަލުން ހިޖާބް އަޅައި ނިވާވަން ޖެހެނީ މިފަދަ މައްސަލަތައް ހުރުމުންނެވެ. ފާޑުފާޑުގެ ދައުވަތުތައް އަންނާނެތީއެވެ. ހީޖާބް އެޅުމުން މީހުންގެ ފުރައްސާރަވެސް އެބަ ރައްދުވެއެވެ. ބައެއް ޙާލަތްތަކުގައި ވަޒީފާ ވެސް ނުލިބެއެވެ. ނަމަވެސް އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ޙިޖާބްއެޅުމުން ދުނިޔޭގައި ކުރިމަތިވާ މައްސަލަތަކަށް ނުބަލާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމުން ﷲ ދެއްވަވާ ނިޢްމަތް މާމަތިވެރިވާނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން