ބާރަށް ވެހިކަލް ދުއްވައި މީހުންނަށާ މުދަލަށް ގެއްލުންދޭ މީހުންނަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބާރަށް ވެހިކަލް ދުއްވައި މީހުންނަށާ މުދަލަށް ގެއްލުންދޭ މީހުންނަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ!: ޝައިޚް އާދަމް ނިޝާން

ވެހިކަލްތަކުގައި ދުއްވަން ކަނޑައަޅާފައިވާ މިނަށްވުރެ ބާރަށް ދުއްވާފައި ގޮސް މީސްތަކުންގެ ގައިގައި ޖައްސައި ފުރާނައަށް ގެއްލުން ދެނީއެވެ. އެހެން މީހުންގެ މުދަލަށް ގެއްލުން ދެނީއެވެ. މިފަދަ ކަންކަން ކުރާ މީހުން، އެމީހަކު ކުރި ކަމެއްގެ ޒިންމާ ޤިޔާމަތް ދުވަހު ނަގަން ޖެހޭނެކަން ޤަބޫލުކުރަންވާނެއެވެ. ތިމާގެ ސަބަބުން އެހެން މީހަކަށް އަނިޔާއެއް ލިބުމަކީ، އެހެން މީހެއްގެ ފުރާނައަށް ގެއްލުން ލިބުމަކީ އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު ނުނަގައި ސަލާމަތްވެވޭނެ ކަންކަމެއް ނޫނެވެ.

"އީމާންކަން ފުރިހަމައެއް ނުވޭ އެމީހާގެ އަމިއްލަ ނަފުސަށް އެދޭ ކަންކަން އެހެން މުސްލިމުންނަށް ވެސް ލިބެން އެދިގެން މެނުވީ. އަދި އެމީހާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެން މެނުވީ." ޝައިޚް އާދަމް ނިޝާން ރޭގެ މަޣްރިބް ނަމާދަށްފަހު އިބްރާހީމީ މިސްކިތުގައި ދެއްވި ދަރުސުން.

ޝައިޚް އާދަމް ނިޝާން މިމޭރުމުން ވިދާޅުވެފައިވާއިރު ފެބްރުއަރީ 12 ވަނަ ދުވަހު ކަފިހިހުރސްމަތިން ވޭނަކުން ޖެއްސި އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އަދިވެސް އޮތީ ވަރަށް ސީރިއަސް ޙާލުގައެވެ. ތިމަރަފުށީގައި ޖެއްސި އަންހެން މީހާ މިހާރުވަނީ ފަރުވާއަށް ސްރީލަންކާއަށް ގެންގޮސްފައެވެ. ގެންދިއައީ ހޭނާރާ ހާލުގައެވެ. މީގެ މަހެއްހައި ދުވަސްކުރިން ވެހިކަލަކުން ޖެއްސި ޒުވާނަކު އަދިވެސް ވަނީ ހިނގުމުން މަޙްރޫމްވެފައެވެ. މައުލޫމާތު ލިބޭ ގޮތުން އެއީ އޭނާ މިފަދަ އަނިޔާއެއް ދިން 3 ވަނަ މީހާއެވެ.

ރާއްޖޭގައި ޤާނޫނުތައް ހަދާފައިވަނީ މިފަދައިން އަނިޔާކުރާ މީހުންނަށް ސަލާމަތްކަން ލިބޭ ގޮތަށް ކަމުގައިވާތީ އަނިޔާ ކުރި މީހުން އަދިވެސް ތިބީ މިނިވަންކަމާއިއެކު އުފަލުގައިކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން