5 ހަފްތާ ތެރޭ25 އަހަރުން ދަށުގެ8 ކޮއްކޮ މަރުވުމުން ދެރަވަނީ މަރަށް ތައްޔާރުނުވެ ތިއްބާ މަރުވުމުން ކަމަށް ބުނި މީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
5 ހަފްތާ ތެރޭ25 އަހަރުން ދަށުގެ8 ކޮއްކޮ މަރުވުމުން ދެރަވަނީ މަރަށް ތައްޔާރުނުވެ ތިއްބާ މަރުވުމުން ކަމަށް ބުނި މީހެއްގެ ވާހަކަ!

މީހެއްގެ 2 އަޚުންނާއިއެކު ގާތް ތިމާގެ 8 ކޮއްކޮއިން 5 ހަފްތާ ތެރޭގައި މަރުވީއެވެ. 8 ކޮއްކޮއިންނަކީވެސް އުމުރުން 25 އަހަރުގެ ކުދިންނެވެ. އެއްވެސް ކޮއްކައަކު މަރުވީ ބަލިވެ އުޅެފައެއް ނޫނެވެ. ބޮޑު ބައްޔަކަށް ބޭސްކުރަމުން ދަނިކޮށެއްވެސް ނޫނެވެ. ހުރިހާ ކޮއްކޮއިންނަކީވެސް ހަމަ ޞިއްހަތު ސަލާމަތުން ތިބެ ދުނިޔޭގައި އުޅު ކުދިންނެވެ. މަރުވި ކޮއްކޮއިންގެ ތެރޭގައި ހިމެނޭ 18 އަހަރުގެ ކޮއްކޮގެ ޞިއްޙަތު ރަނގަޅުވެފައި ހަށިގަނޑު ބޮޑުކަމުން ކައްވަޅަށް ތިރިކުރެވުނީ ވަޅުގަނޑުގައި އިތުރު ޖާގަ ހަދައި ބޮޑުވެސް ކޮށްގެންނެވެ. 

އެއްވެސް މީހަކު މަރުވުމުން ދާނީ ސުވަރުގެއަށްތޯ ނުވަތަ ނަރައަށްކަން ކަނޑައެޅުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ދެއްވަވާފައެއް ނުވެއެވެ. އެކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެކަމުގެ ހިސާބު ބެލޭނެ އެއްވެސް ގޮތެއްވެސް އިންސާނަކަށް ނުއޮންނާނެއެވެ. ނަމަވެސް ވިސްނައިލެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. މިސާލަކަށް މަރުވި މީހާ ނަމާދުކޮށް އުޅުނުތޯއެވެ؟ ކީރިތި ޤްރްއާން ކިޔެވިތޯއެވެ؟ ނުވަތަ އެނޫންވެސް ހެޔޮ އަމަލުތައް ކޮށް އުޅުނުތޯއެވެ؟ އެއީ ސުވަރުގެ ޙާޞިލުކުރުމަށްޓަކައި މިކަންކަން، ޚާއްޞަކޮށް ނަމާދުކުރަން ޖެހޭތީއެވެ. 

ހިތާމައަކީ މަރުވި އެއްވެސް ކޮއްކޮއަކީ ނަމާދުކޮށް އުޅުނު ކޮއްކޮއެއް ނޫންކަމެވެ. އަދި އެހެންވެސް އަޅުކަމެއް ކޮށް އުޅުނު ކޮއްކޮއެއް ނޫން ކަމެވެ. އުމުރުން ދުވަސްވެ މުސްކުޅިވުމުން ނަމާދުކޮށް އަޅުކަން ކުރަން މަޑުކޮށްގެން ތިބި ބައެކެވެ. އެގޮތުގައި ތިއްބައި ކުއްލިއަކަށް މަރުވެގެންދިއައީއެވެ. މައްސަލައިގެ އަޞްލަށް ބަލައިފިނަމަ 8 ކޮއްކޮއިންވެސް މަރުވެގެން އެދިއައީ ކޮންފަދަ ދެރަ ނިކަމެތި ގޮތަކަށް ހެއްޔެވެ؟ އެކުދިން ޢާޚިރަތް ދުވަހު ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ 

"ތިމަންނަ ހުރީ އީމާންވެގެންނޭ. މުސްކުޅިވީމަ ނަމާދުކޮށް އެހެންވެސް އަޅުކަން ކުރަން ހުއްޓައި މާ އަވަހަށް ކުއްލިއަކަށް މަރުގެ މަލާއިކަތާ ވަޑައިގެން މަރު ހިއްޕެވީ" ކަމަށް ދަންނަވައި މަރުގެ މަލާއިކަތާ ކުށްވެރިކުރެވޭނެ ހެއްޔެވެ؟ 

އަވަހަށް ސަރަހާއަށް ދާށެވެ. ގޮސް މަހާނަ ގައުތައް ބަލައި އެމީހުން މަރުވި އުމުރުބަލާށެވެ! ސަހަރާގައި އޮންނަ މަރުވާ މީހުންގެ ރަޖިސްޓްރީން ވެސް އުމުރު ބަލާށެވެ. ދާދިފަހުން އަހަރެންނަށް އެނގުނު ގޮތުގައި އެޤައުމުގައި މަރުވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވަނީ 35 އަހަރު ނުފުރިއެވެ. އެކި ޤައުމުތަކުގައި މަރުވާ އެވްރެޖް ތަފާތުވެދާނެއެވެ. 

މިސާލަކަށް ކޮންމެވެސް ޤައުމެއްގައި މަރުވާ މީހުންގެ 70 އިންސައްތައަކީ 70 އަހަރުގެ މީހުން ކަމަށްވެދާނެއެވެ. 35 އަހަރުން ދަށުގެ މީހުން މަރުވާ އެވްރެޖަކީ 20 ކަމަށްވެސް ވެދާނެއެވެ. މުހިންމު ސުވާލަކީ އެ 20 އިންސައްތަ މީހުންގެ ތެރޭގައި ތިބާ ނުހިމެނި ޒުވާން އުމުރުގައި މަރުވާން ޖެހުމުން ސަލާމަތްވާނެ ކަމުގެ ގަރަންޓީ ޒުވާނުންނަށް ދިނީ ކާކު ހެއްޔެވެ؟ ހަޤީޤަތަކީ ގިނަ އަދަދެއްގެ ޒުވާނުންތައް މަގުފުރެދިފައި ވުމެވެ. އެއީ އެމީހުން މުސްކުޅިވަންދެން ދިރިތިބޭނެ ކަމުގެ އުންމީދު ލިބިފައިވުމެވެ؟ އަނެއްކާވެސް ކުރަން ޖެހޭ ސުވާލަކީ އެ އުންމީދު ދިނީ ކާކުހެއްޔެވެ؟ ހަމަ ޤައިމުވެސް ﷲ ތަޢާލާ އަންގަވާފައިވަނީ މީހާ އާއި އެންމެ ގާތުގައި ވަނީ މަރުކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމަށެވެ. 

އިތުރު ކުށެއްވެސް އަހަރެމެންނަށް އެބަ ކުރެވެއެވެ. އެއީ މީހަކު މަރުވުމުން އެމީހާ މަރުވީ ވަކި ތަނެއްގައި އެވަގުތު ހުރެވުމުން ކަމަށް ނުވަތަ މިވެނި ސަބަބެއް ކުރިމަތިވެގެން ކަމަށް ބުނުމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ކޮންމެ މީހަކު ވެސް މަރުވާނީ އުމުރު ހަމަވުމުންނެވެ. އެވަގުތު ކޮންމެ ތަނެއްގައި ހުރެވުނު ނަމަވެސް މަލާއިކަތާ އެމީހެއްގެ ފުރާނަ ހިއްޕަވާނެތެވެ. މަރުވި ސަބަބު މިފަދަ ގޮތްތަކަށް ހާމަކުރުމުން އެކަމުގައި ހުރި ބިރުވެރިކަން ކުޑަވާގޮތް މެދުވެރިވެއެވެ. ވީމާ އެގޮތަށް އެކަން ނުކުރާށެވެ! 

ކޮންމެއަކަސް 5 ހަފްތާ ތެރޭގައި 8 ކޮއްކޮއިން މަރުވުމުން ބޭބެ ބުނި ވާހަކައިގައި ވަރަށް ބޮޑު ޢިބްރަތެއްވެއެވެ. އޭނާ ބުނީ އޭނާ ދެރަވަނީ 8 ކޮއްކޮއިން މަރުވުމުން ނޫން ކަމަށާއި އެމީޙުންނަށް ސުވަރުގެ ނުލިބިދާނެ ކަމަށްޓައި ކަމަށެވެ. މަރަށް ތައްޔާރުވާން އެއްވެސް މަސައްކަތެއް ނުކޮށް ތިއްބައި މަރުވުމުން ކަމަށެވެ. އެއީ ހަމަ ޙަޤީޤަތެވެ. ޢުމުރު ހަމަވުމުން ކޮންމެ މީހަކުވެސް މަރުވާނެއެވެ. އެއީ ހިތާމަކުރަންޖެހޭ ކަމެއް ނޫނެވެ. ހިތާމަކުރަން ޖެހެނީ މަރަށް ތައްޔާރުނުވެ، ތައުބާ ނުވެވި ހުއްޓައި މަރުވާތީއެވެ. 

- މުހައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން