ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް އިބްރާހީމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް އިބްރާހީމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ: ޑރ.ޝަހީމް

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވި އެމަނިކުފާނުގެ ފޭސްބުކް ގައި މިއަދު ކުރެއްވި ފޯސްޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ ގާސިމްގެ ތަޖުރިބާ އާއި ހިއްސާ އިސްލާހީ މަސައްކަތުގައި ލިބިގެންދާނެކަމަށާއި ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމީ ކަށަވަރުވާ ކަމެއްކަމަށެވެ. އަދި ގާސިމް އިބްރާހިމް ފަދަ ތަޖުރިބާހުރި ގައުމީ ވިސްނުމުގެ ބޭފުޅުން މަޖިލީހުގައި ތިއްބެވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ ގާސިމް އަކީ ރާއްޖޭގައި ތިއްބެވި އެންމެ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންގެ ތެރޭގައި އެއްބޭފުޅެއްކަމަށާއި ހާއްސަކޮށް މަޖިލީހުގައި އެމަނިކުފާނުގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ގާސިމް އަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަމާއި އިސްލާހީ ބަދަލުތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް މަރުހަލާގައި ގާސިމް ފަދަ ތަޖުރިބާ ހުރި ފަރާތްތަށް ދެން އަންނަ ދައުރެއްގައިވެސް މަޖިލީހުގައި ތިއްބެވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ގާސިމަށް ފުރިހަމަ ކާމިޔާބީއަށް އެދޭކަމަށްވެސް ޝަހީމްގެ ޑރ.ޝަހީމްގެ އެފްބީ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

މިއަދު އޮންލައިން