އަހަރެންގެ ދިރިއުޅުމުގެ ނޫރަކަށްވީ ކީރިތި ޤުރްއާން

ކިޔުމަށް ހޭދަވާނީ 3މ 26ސ
އަހަރެންގެ ދިރިއުޅުމުގެ ނޫރަކަށްވީ ކީރިތި ޤުރްއާން

އަހަރެންގެ ނަމަކީ މާގަރިޓާ އެގުއަޔަރ، އަހަންނަކީ މެކްސިކޯގެ ޖަލިސްކޯގެ ގުއަޑަލަޖަރާގެ ކެތޮލިކް އާއިލާއަކަށް އުފަން މީހެކެވެ.  

އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން އެންމެ ފުރަތަމަ އެނގެން ފެށީ އަހަރެން ހައިސްކޫލްގައި އުޅުުނު  ދުވަސްކޮޅުގައެވެ. ސްކޫލްގެ ބުލެޓިން ބޯޑުގައި އެއްދުވަހަކު ވަރަށް ރީތި "ޅެމެއް" ލިޔެފައި އިނެވެ. އެޅެމުގެ ތިރީގައި ލިޔެފައި އިނީ "ޤުރްއާން" މިފަދައިންނެވެ. ޅެމުގެ ރީތިކަމުން އަހަރެން އެޅެން ފޮތެއްގައި ނޯޓު ވެސް ކުރީމެވެ. ކުރިން އަހަރެން ހީކުރީ "ޤުރްއާން" އަކީ ޅެން ފޮތެއް ކަމަށެވެ. އެހެންކަމުން އެފޮތާއި ބެހޭގޮތުން އިތުރަށް އެއްވެސް މައުލޫމާތެއް އަހަރެން އެއިރު އޮޅުން ނުފިލުވަމެވެ. 

އޭގެ ފަހުން އަހަރުތަކެއް ފާއިތުވުމަށްފަހު އަނެއްކާވެސް އަހަންނަށް ކީރިތި "ޤުރްއާން" އާއި ބެހޭގޮތުން އިވުނެވެ. އަހަންނަކީ މިހާރު ޓީޗަރެކެވެ. އެގޮތުން އަހަންނަކީ އަބަދުވެސް ތާރީޚުގައިވެފައި ހުރި ކަންކަން ހޯދައި އޮޅުންފިލުވާ ހިތްވާ މީހަކީމެވެ.  

ތާރީޚާއި ބެހޭ ގޮތުން އަހަރެންގެ ދަރިވަރުންނަށް ފިލާވަޅެއް އުނގަންނައި ދިނުމަށް އެއްދުވަހު އުޅުމުގެ ތެރޭގައި، އެކިއެކި ދީންތަކާއި ބެހޭ ގޮތުން އަހަންނަށް މައުލޫމާތު ލިބުނެވެ. އޭގެތެރޭގައި އިސްލާމްދީން ވެސް ހިމެނި، "ޤުރްއާން" އެލަފްޒު އަހަންނަށް އޭގެން ފޮތަކުން ފެނުނެވެ. ކީރިތި ޤުރްއާން އަކީ ޅެން ފޮތެއް ނޫންކަމާއި މުސްލިމުންގެ ފޮތްކަން އަހަންނަށް އެދުވަހު އެނގުނެވެ. 

ކީރިތި ޤުރްއާނުން ލިބެން ފެށި މައުލޫމާތުތަކުން އަަހަރެން ވަރަށް ބޮޑަށް ހައިރާންވިއެވެ. އޭގެ ކުރިން އަހަންނަށް ހީވެފައި އޮތީ ހެއްދެވި ފަރާތުގެ ބަސްފުޅުވަނީ ބައިބަލް ގައި ކަމަށެވެ. ނަމަވެސް ޤުރްއާން ކިޔަވާފައި ލިބުނު އިތުރު މައުލޫމާތުތަކުގެ ސަބަބުން އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. 

އެދުވަހު ގެއަށް ގޮސް އެންމެ ފުރަތަމަވެސް އަހަރެން ކުރިކަމަކީ އޭގެ އަހަރުތަކެއް ކުރިން އަހަރެން ނޯޓުކުރި "ޅެން" ހޯދުމެވެ. އެނޯޓުކޮޅު ފެނުމުން އަހަރެން ބޭނުންވީ އިތުރަށް މުސްލިމުންނާއި އިސްލާމްދީނާއި ބެހޭ ގޮތުން އޮޅުން ފިލުވާށެވެ. އިސްލާމްދީން ދެނެގަނެ މުސްލިމުންގެ ފޮތާއި ބެހޭގޮތުން ވެސް ފުރިހަމަ މައުލޫމާތު ހޯދަން އަހަރެން ވަރަށް ބޮޑަށް ބޭނުންވިއެވެ. 

އިސްލާމްދީނާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް އަހަރެން އިންޓަނެޓުން ޕޭޖަކަށް ވަނީމެވެ. އެޕޭޖުން އަހަންނަށް ވަރަށް ގިނަ މައުލޫމާތު އޮޅުން ފިލިއެވެ. އެޕޭޖުގެ މެނޭޖަރ އަހަންނަށް ވަރަށް ގިނަ ކަންކަން އޮޅުން ފިލުވައިދީ، އަހަރެން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދީ، ހިތުގައި ޝައްކެއް އުފެދިފައިވާނަމަ އެކަންވެސް ފިލުވައި ދިނެވެ. އޭނާ ކިޔައިދިން ހުރިހާ ވާހަކައެއް ވެސް އެއީ ތެދުތޯ އަހަރެން ޔަގީން ކުރަމެވެ. އަދި އެއް ދުވަހު ކީރިތި ޤުރްއާންގެ ކޮޕީއެއް ވެސް ޑައުންލޯޑް ކުރީމެވެ. 

ކީރިތި ޤުރްއާންގައި އެންމެ ފުރަތަމަ ހިމެނިފައިވަނީ ރަސޫލާ (ޞޢޥ) އާއި ބެހޭގޮތުން ތަޢާރަފަކެވެ. އަހަންނަށް އެވާހަކަތަކުން ވަރަށް ފައިދާ ކުރުވަނިވި މައުލޫމާތު ލިބުނެވެ. އަހަންނަށް ކިޔެވެމުން ދިޔައީ މާތް ﷲ ގެ ވަޙީ ބަސްފުޅުތައްކަން ކީރިތި ޤުރްއާން ކިޔަވަމުން ދިޔައިރު އަހަންނަށް އެނގެން ފެށިއެވެ. އަހަންނަށް މީގެ ކުރިން ސުވާލު އުފެދިފައިވި އެތައް ކަންތައްތަކެއް ކީރިތި ޤުރްއާންގެ ސަބަބުން ފަސޭހައިން އޮޅުން ފިލައިގެން ދިޔައެވެ. މާތް ﷲ ގެ ކަލާމްފުޅުން އަހަރެންގެ ހުރިހާ ސުވާލުތަކަކަށްވެސް ޖަވާބު ލިބުނެވެ. 

އިސްލާމްދީނާއި ކީރިތި ޤުރްއާނާއި ބެހޭގޮތުން އެނގެން ފެށުމުން، މާތް ﷲ އީ އެއްކައުވަންތަ އިލާޙުކަމާއި ޙައްޤުވެގެން އަޅުކަން ކުރަންވާ އިލާޙަކީ މާތް ﷲ ކަން އަހަންނަށް އެނގި ޤަބޫލު ކުރެވެން ފެށުނެވެ. އަދި މުޙައްމަދު (ޞޢޥ) އަކީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ވެސް އަހަންނަށް ޤަބޫލު ކުރެވެން ފެށިއެވެ. 

އިސްލާމްދީން ޤަބޫލުކޮށް، މުސްލިމަކު ކަމުގައިވުމަށް، އަހަރެން ބައެއް މުސްލިމު ރަޙުމަތްތެރިން އެހީތެރިވެދިނެވެ. އެމީހުންގެ އެހީގައި އަހަރެން ޝަހާދަތުގެ ދެކަލިމަ އާއި މާނަ ކިޔައި އިސްލާމަކު ކަމުގައިވީމެވެ. އަދި ކީރިތި ޤުރްއާން ކިޔަވަން ވެސް ދަސްކުރީމެވެ. މުސްލިމަކަށްވުމަށްފަހު އަހަރެންގެ ދިރިއުޅުން ވަރަށް ވެސް އުޖާލާވެ ފަސޭޙަވިއެވެ. 

ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. 

"މިއީ އެފޮތެވެ. އެފޮތާއިމެދު ޝައްކެއް ނެތެވެ. މިފޮތަކީ ތަޤްވާވެރިންނަށް ހުރި ޙިދާޔަތެކެވެ." (ޤުރްއާން 2:2)

 

 

މިއަދު އޮންލައިން