ކުރިއެރުން ހުއްޓުވުމަށް ސިހުރުގެ ގޮށް ޖަހައިފިނަމަ މޮހެނުލައި ކުރިއަކަށް ނުދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުރިއެރުން ހުއްޓުވުމަށް ސިހުރުގެ ގޮށް ޖަހައިފިނަމަ މޮހެނުލައި ކުރިއަކަށް ނުދެވޭނެ!

މީހުން ކުރިއަރައިދިއުން ހުއްޓުވުމަށް ސިހުރުގެ ގޮށް ޖަހައެވެ. އެފަދަ ގޮށެއް ނުވަތަ ގޮށްތަކެއް ޖަހައިފި ނަމަ މޮހެނުލައި ކުރިއަކަށް ނުދެވޭނެއެވެ. 

އެއްވެސް މީހަކު ކުރަން ކުރިމަތިލާ ހުރިހާ ކަމެއް ކާމިޔާބު ނުކުރެވިދާނެއެވެ. ނަމަވެސް ކުރަން ކުރިމަތިލާ އެއްވެސް ކަމެއް ކާމިޔާބު ނުވުމަކީ މައްސަލައެކެވެ. މިސާލަކަށް ވަޒީފާއެއް ހޯދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ވަޒީފާއެއް ނުލިބުން، ކައިވެންޏެއް ކުރަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ކައިވެނި ކުރެވޭނެގޮތެއް ނުވުން، އަތުގައި ހުންނަ ފައިސާ ބޭނުންކޮށްގެން އާމްދަނީ އިތުރުކުރަން މަސައްކަތްކުރި ނަމަވެސް އިތުރުނުވެ ހުލިވަމުން ދިއުން ދަރިން ނުލިބުން ކިޔެވޭނެ ގޮތެއް ނުވުން، ކިޔެވިނަމަވެސް އިމްތިހާނުން ފާސްނުވުން ހިންގަން ރާވާ އެއްވެސް މަޝްރޫޢެއް ހިންގޭނެ ގޮތް ނުވުން ފަދަ އެއްވެސް ކަމެއް ޙާޞިލު ނުވާނަމަ އެއީ މައްސަލައެކެވެ. 

މިހާލަތު ކުރިމަތިވުމަށް ކިޔައި އުޅެނީ މީހާގެ ކުރިއެރުން ބަންދުވުމެވެ. މިފަދައިން ކުރިއެރުން ބަންދުވުމަކީ ހަމައެކަނި ބަދު ނަޞީބުކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ. މިކަމުގެ ސަބަބަކީ ނުފެންނަ ބާރުތަކަކުން މީހާ ހުއްޓުވުން ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން މިގޮތަށް މީހެއްގެ ކުރިއެރުން ބަންދުވެފައިވާނަމަ ރުޤްޔާ ކުރާ މީހެއްގެ އެހީހޯދުން ބުއްދިވެރިއެވެ. އެހެނީ މިގޮތަށް މީހެއްގެ ކުރިއެރުން ބަންދުވުމަކީ ޞިހުރު ޖެހިފައިވާ ކަމުގެ ޢަލާމާތެކެވެ. މީހާގެ ކުރިއެރުން ހުއްޓުވަން ސިހުރުގެ "ގޮށް" ޖަހާފައިވުން ކައިރިވުމުންނެވެ. އެކަމުން ސަލާމަތްވުމަށް ޖެހޭނީ ގޮށްތައް މޮހެލާށެވެ. އެކަން ކުރެވޭނީ ރުޤްޔާކޮށްގެންނެވެ. 

- މައުލޫމާތު: "ސިހުރުން ސަލާމަތްވުމަށް މަގެއް"

މިއަދު އޮންލައިން