ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީ ކުރަނީ މީހަކު ރުއްސަން ނޫން ކަމަށާއި ޙައްޤު ބަސް ވިދާޅުވުމުގައި މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި ނުބައަށް މަގުފަހިވާ ކަންކަން ހުއްޓަން ބުނުމަކީ ދީނީ ވާޖިބެއް ކމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކޮންމެ މީހަކު ކުރި ނަމަވެސް ނުބައިކަމެއް ވާނީ ނުބައި ކަމަކަށް ކަމަށާއި ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް ކަމަށެވެ. އަދި ޙައްޤު ބަސް ވިދާޅުވާތީ "ކިތަންމެ އެއްޗެއް އަޅުގަނޑުމެންނާ ދިމާއަށް ކީނަމަވެސް އެއްވެސް ކަންބޮޑުވެވަޑައިގަތުމެއް ވެސް ނެތް" ކަމަށެވެ.
"ކިތަންމެ އެއްޗެއް އަޅުގަނޑުމެންނާ ދިމާއަށް ކިޔަސް ފަރުވާލެއް ނެތް! އަޅުގަނޑުމެން ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީ ކުރަނީ މީހަކު ރުއްސާކަށް ނޫން! ނުބައި ވާނީ ނުބައަށް! ރަނގަޅު ވާނީ ރަނގަޅަށް! މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތް! ނުބައަށް މަގުފަހިވާ ކަންކަން ހުއްޓަން ބުނުމީ ވާޖިބެއް!"