ރައީސް ނަޝީދު ވަނީ ވެރިކަމުގަ ހުންނަވައި ރާއްޖޭގަ ބުދުފައްޅިއަޅަން އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯއްދަވަން މަސައްކަތް ކުރައްވާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރައީސް ނަޝީދު ވަނީ ވެރިކަމުގަ ހުންނަވައި ރާއްޖޭގަ ބުދުފައްޅިއަޅަން އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯއްދަވަން މަސައްކަތް ކުރައްވާފަ!

ރާއްޖޭގައި ބުދުފަޅި އެޅުމަށް ތާއީދު ނުކުރައްވާ ކަމަށާއި ރާއްޖޭގައި ބުދުފައްޅި ނުއަޅާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު މިއަދު ވަނީ މާފަރުގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު މިކަމުގައި ދައްކަވާ ވާހަކަފުޅުތަކަށް އިތުބާރު ކުރެވެން ނެތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ރާއްޖޭގައި އެހެން ދީން ތަކުގެ ފައްޅިތައް އެޅުމާއިމެދު އިސްލާމިކް މިނިސްޓްރީއަށް ސިޓީފުޅެއް ފޮނުއްވާފައިވާތީއެވެ. 

އިސްލާމިކް މިނިސްޓްރީން އެދުވަސްވަރު ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފައުޅުކޮށްފައެވެ. ހަމަ އެދުވަސްވަރު ބޭރު ޤައުމެއްގެ ސަފީރަކު ރައީސް ނަޝީދު އާއި ބައްދަލުކުރުމަށްފަހު ގޮސް އެއިރު ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި ބައްދަލުކޮށް ރާއްޖޭގައި ފައްޅިއެއް އެޅުމުގެ ހުއްދައަށް ވަނީ އެދިފައެވެ. އެއީ އިސްލާމިކް މިނިސްޓްރީއަށް ދެވޭނެ ހުއްދައެއް ނޫން ކަމަށާއި ޤާނޫނު އަސާސީ ބަދަލު ނުކޮށް އެ ހުއްދަ ނުދެވޭނެ ކަމަށްވެސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ ޖަވާބު ދެއްވައިފައެވެ. ކުރު ނުކޮށްގެން އެންމެފަހުން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދެއްވި ޖަވާބަކީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ނޫނީ އެއްވެސް ފަރާތަކުން މިބާވަތުގެ ކަމެއްގައި އިސްލާމިކް މިނިސްޓްރީއަށް މިފަދަ ގޮތަކަށް ދިއަކަން އެނގިފައެއް ނުވެއެވެ. 

ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލައި 20 ވަރަކަށް މީހުން އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރީވެސް ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެމައްސަލަ ތަޙްޤީޤްކުރާ ކަމަށް އެއިރު ބުނި ނަމަވެސް އެ މައްސަލަ އާއި ބެހޭ އެއްވެސް މައުލޫމާތެއް ފަހުން ހާމަކުރައްވާފައެއް ނުވެއެވެ. 

އިސްލާމް ދީނާއި ގުޅުވައިގެން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް އިތުބާރު ނުކުރެވެނީ މިފަދަ ސަބަބުތައް ފެނިފައި ހުރުމުންނެވެ.

މިއަދު އޮންލައިން