ޤަބުރުސްތާނާ ގުޅުވައިގެން ސިހުރު ހެދުމުން ފެންނާނެ ބައެއް ޢަލާމަތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޤަބުރުސްތާނާ ގުޅުވައިގެން ސިހުރު ހެދުމުން ފެންނާނެ ބައެއް ޢަލާމަތްތައް!

އެންމެ ނުބައި ސިހުރު ހަދާ މީހުން ބައެއް ފަހަރު ޤަބުރުސްތާނާއި ގުޅުވައިގެން ސިހުރު ހަދައެވެ. ޤަބުރުސްތާނުގައިވެސް ސިހުރު ހަދައެވެ. ޤަބުރުސްތާނުން ތަކެތި ނަގައިގެންވެސް ސިހުރު ހަދައެވެ. މިފަދަ ގޮތަކަށް ސިހުރު ހަދައިފިނަމަ ބިރުވެރި ހުވަފެން ފެނުން ގިނަވާނެއެވެ. ނިދީގައި އާދައާއި ޚީލާފަށް އަޑުގަދަކުރެވޭނެއެވެ. ކިތަންމެ ގިނައިން ނިދި ނަމަވެސް ނިދީގެ ވަރުބަލިކަމެއް ނުފިލާނެއެވެ. އަބަދުވެސް ހުންނާނީ ނިދަން ބޭނުންވެފައެވެ. 

ނިދީގައި (ހުވަފެނުގައި) ޢާދައާއި ޚިލާފަށް ގިނައިން މަރުވެފައިވާ މީހުން ފެންނާނެއެވެ. އަދި ދިރިތިބި މީހުން މަރުވެގެން އުޅޭތަންވެސް ފެންނާނެއެވެ. އަދި ތިމާ މަރުވެގެން އުޅޭތަންވެސް ފެނިދާނެއެވެ. މަހާނަތަކާއި ޖަނާޒާތައްވެސް ފެންނާނެއެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ ގިނައިން ފެންނާނީ މަރުވުމާއި ގުޅުންހުރި ކޮންމެވެސް ކަމެކެވެ. 

ހަމައެއާއިއެކު ދިރިހުރި ނަމަވެސް އުޅޭނީ މަރުވެފައި ތިބޭ މީހުންގެ މިސާލުގައެވެ. އަބަދުވެސް ހުންނާނީ ވަރުބަލިވެފައެވެ. 

ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކްރްތައް ކިޔައިގެން ނިދާފައި އޮއްވާ މިބާވަތުގެ ހުވަފެންތައް ފެންނަ ނަމަ އެއީ ހަމަ ވަރަށް ބޮޑު މައްސަލައެކެވެ. އެއްގޮތަކަށްވެސް އަޅައިނުލައި ދޫކޮށްލައިގެން ނުވާނެއެވެ. އަވަހަށް ގޮސް ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. 

- މައްލޫމާތު: ސިހުރުން ސަލާމަތްވުމަށް މަގެއް

މިއަދު އޮންލައިން