ކީރިތި ގުރްއާނުގައި މާތް ﷲ ގެއިސްމުފުޅުތަކާއި ޞިފަ ފުޅުތައް، އަދި ﷲ އަށާއި މަލާއިކަތްބޭކަލުންނަށް،އަދި ބާވާލެއްވުނު ފޮތްތަކަށް، އަދި ފޮނުއްވުނު ރަސޫލުބޭކަލުންނަށް، އަދިއާޚިރަތްދުވަހަށް އީމާންވުމަށް އަމުރުކުރައްވާފައިވެއެވެ. ސޫރަތުލްބަގަރާގެ 285 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾) މާނައަކީ: ” رسولއާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةންބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآنއަށް) رسولއާއާއި مؤمنންإيمانވިއެވެ. އެ އެންމެންމެ اللَّهއާއި، އެކަލާނގެ ملائكةންނާއި،އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسولންނަށްإيمانވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسولންގެތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ،އިބަރަސްކަލާނގެ حضرةއަށެވެ”.
ގިޔާމަތްދުވަހުގެ ޚަބަރުތަކާއި،މަރުވުމަށްފަހުގައި ކަންތައްވާނެގޮތާއި، އަލުން ދިރުއްވުމާއި،ޙިސާބުބެއްލެވުމާއި، ޞިރާޠުމަގާއި، ތިލަފަތުގެވާހަކަ އަދި ގިޔާމަތްދުވަހުންމީސްތަކުން އަލުން ދިރުއްވާނެކަން ވަނީ އަންގަވާފައެވެ. ސޫރަތުއް ނިސާގެ285 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۚلَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّـهِ حَدِيثًا ﴿٨٧﴾) މާނައަކީ: ” اللَّهއީ، އެކަލާނގެ ފިޔަވައި (حقވެގެން އަޅުކަމެއްވެވޭ) إلهއަކުނުވާރަސްކަލާނގެއެވެ. قيامةދުވަހުން، އެކަލާނގެ ތިޔަބައިމީހުންއެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شكއެއް ނެތެވެ. ބަސްބުނުމުގައި اللَّهއަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟”.
މިކައުނުގައިވާމާތް ﷲ ގެ އާޔަތްތަކަށް ބަލާ ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވެއެވެ. ސޫރަތު ޔޫނުސް ގެ 101 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ!”. އަދިސޫރަތު މުޙައްމަދުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤﴾) މާނައަކީ: ” ފަހެ، قرآنއާމެދުއެއުރެން ވިސްނައި فكرނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައިތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟”.
ކީރިތި ގުރްއާނަކީ އެންމެހާމީސްތަކުންނަށް ހިދާޔަތެއް ކަމުގައި ބާވާލެއްވުނު ފޮތެއްކަން އަންގަވާސޫރަތު ޒުމަރުގެ 41 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (إِنَّا أَنزَلْنَا عَلَيْكَ الْكِتَابَ لِلنَّاسِ بِالْحَقِّ ۖ فَمَنِ اهْتَدَىٰ فَلِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنتَ عَلَيْهِم بِوَكِيلٍ ﴿٤١﴾)މާނައަކީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެމީސްތަކުންނަށްޓަކައި حقތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތްބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގުލިބިގަންނަނީ އެމީހެއްގެ އަމިއްލަ نفسއަށެވެ. އަދި މަގުފުރެދިއްޖެމީހަކުއެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ نفسގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް حوالކުރައްވާފައިވާ وكيلއަކު ކަމުގައިކަލޭގެފާނު ނުވެއެވެ”.
ކީރިތި ގުރްއާނަކީ ކުރިންބާވާލެއްވުނުފޮތްތަކުގައިވާ ޚަބަރުތައް ތެދުކޮށް، އަދި އެފޮތްތަކުގެ މައްޗަށް ހެކިކުރުވަނިވި ފޮތެކެވެ. ސޫރަތުލް މާއިދާގެ 48 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ( وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ حقގޮތުގައިކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވިފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެމައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ”.
ގުރްއާންބާވާލެއްވުމަށްފަހުގައި އެފޮތަށް އީމާންނުވީ މީހުންނަށް ގިޔާމަތް ދުވަހުންގަދަފަދަ ޢަޛާބު ދެއްވާނެކަން އަންގަވާ ސޫރަތުލް އަންޢާމްގެ 49 ވަނައާޔަތުގައި ވަޙީ ކުރައްވައެވެ. (وَالَّذِينَ كَذَّبُوا بِآيَاتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوا يَفْسُقُونَ ﴿٤٩﴾) މާނައަކީ: ” ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) އެއުރެން فاسقވެ އުޅުނު ކަމަށްޓަކައި عذابއެއުރެންގައިބީހޭނެތެވެ”.
ގުރްއާނާއި އެއްފަދަ އާޔަތެއް ނުވަތަ ސޫރަތެއްވެސްނުގެނެވޭނެކަމަށް މާތް ﷲ ވަނީ އިންސީންނާއި ޖިންނީނަށް ޗެލެންޖުކުރައްވާފައެވެ. ސޫރަތުލް އިސްރާގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴿٨٨﴾) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآنއާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި،ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށްނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައިވީނަމަވެސްމެއެވެ”.
ކީރިތި ގުރްއާނަކީ ސަމާވީ އެންމެ ފުރިހަމަ،އެންމެ މާތް، އަދި އެންމެ ފަހުގެ ފޮތް ކަމުގައިވާތީވެ އެފޮތް އެންމެހައިމީސްތަކުންނަށް އަންގަވައި އުނގަންނަވައި ދެއްވުމަށް މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. ސޫރަތުލް މާއިދާގެ 67 ވަނަ އާޔަތުގައި ވަޙި ކުރައްވައެވެ. (يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ ۗ) މާނައަކީ: ” އޭ رسولއާއެވެ! ކަލޭގެފާނުގެވެރިރަސްކަލާނގެ حضرةން ކަލޭގެފާނަށް ބާވައިލެއްވި آيةތައް ކަލޭގެފާނުއިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނުއެކަލާނގެ رسالةއިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّهމީސްތަކުންގެކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ”.
މިފޮތުގެ މުހިންމުކަމަށްޓަކައި، އަދި މީސްތަކުން މިފޮތަށް ބޭނުންޖެހިފައިވާލެއްބޮޑުކަމަށްޓަކައި މާތް ﷲ ވަނީ މިފޮތް ރައްކާތެރި ކުރައްވާނެކަންއަންގަވާފައެވެ. ސޫރަތުލް ޙިޖްރިގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴿٩﴾)“ހަމަކަށަވަރުން، قرآنބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން،ތިމަންރަސްކަލާނގެ، އެ قرآنރައްކާތެރި ކުރައްވާހުށީމެވެ”.
(وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا)
( الْإِنسَانُ ) ބައެއް މުފައްސިރުން ވިދާޅުވަނީ މިތަނުގައި އިންސާންގެ މުރާދަކީ ކާފިރުން ކަމަށެވެ. ނަމަވެސް، ރަގަޅު ގޮތަކީ ހުރިހާ އިންސާނުން ކަމަށްވުމެވެ. ސަބަބަކީ އެއީ ހަމައެކަނި ކާފިރުންކަން ދަލާލަތުކޮށްދޭނެ ދަލީލެއް އައިސްފައި ނެތުމެވެ.
(أَكْثَرَ شَيْءٍ جَدَلًا ) ކީރިތި ގުރްއާނުގައި މީސްތަކުންނަށް ފައިދާކުރުވަނިވި ކަންތައްތައް ބަޔާންކުރައްވާފައިވީއިރުގައިވެސް އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ ޖަދަލު ކުރާ މީހުންނެވެ. ނަމަވެސް، މުސްލިމުންގެ ޞިފައަކީ ޖަދަލުކުރުމުގެ ބަދަލުގައި ޙައްގު ގޮތް ގަބޫލުކުރުމެވެ. އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَا ضَلَّ قَوْمٌ بَعْدَ هُدًى كَانُوا عَلَيْهِ إِلَّا أُوتُوا الْجَدَلَ ) ، ثُمَّ قَرَأَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - هَذِهِ الْآيَةَ : مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ) މާނައަކީ: "އެބައިމީހުންގެ ތެރޭގައި ޖަދަލު ކުރުން ގިނަވުމުގެ ސަބަބުން މެނުވީ ގައުމެއްގެ ބަޔަކަށް ހިދާޔަތްލިބުމަށްފަހުގައި އެބައިމީހުންގެ މަގުފުރެދިގެން ނުދެއެވެ." އެއަށްފަހު ސޫރަތުއް ޒުޚްރުފްގެ 58 ވަނަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. (مَا ضَرَبُوهُ لَكَ إِلَّا جَدَلًا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴿٥٨﴾) " ކަލޭގެފާނާ جدلކުރުމަށް މެނުވީ އެއުރެން އެ مثالނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ."
(وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُوا رَبَّهُمْ إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا ﴿٥٥﴾ )ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުންނާއި ހަމައަށް ގުރްއާނާއިގެން ވަޑައިގެން އެބައިމީހުންނަށް މިޘާލުތައް ޖެއްސެވުމާއި އެކުގައިވެސް، އެބައިމީހުން އީމާންނުވެ، އަދި އެބައިމީޙުންނަށް ކުރެވިފައިވާ ކުށްފާފަތަކަށް ފާފަ ފުއްސަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާނުކޮށް އެތިބެނީ، ޙައްގުގޮތް އެބައިމީޙުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި މައްސަލަ އެއް އުޅެގެންނެއް ނޫނެވެ. ނަމަވެސް، އެބައިމީހުންގެ ޖަދަލަކީ ކުރީގެ އުއްމަތްތަކުގެ މީހުންގެ މައްޗަށް އައިފަދަ ކޯފާ އެއް ޢަޛާބެއް އެމީހުންގެ މައްޗަށްވެސް އައުމެވެ. ނޫންނަމަ، ﷲގެ ކޯފާ އާއި ޢަޛާބު އެބައިމީހުންގެ ލޮލަށް ފެނުމެވެ.
(الْهُدَىٰ ) އެއީ ގުރްއާނާއި، އިސްލާމްދީން، އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ.
(وَيَسْتَغْفِرُوا رَبَّهُمْ ) އެބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ފާފަ ފުއްސަވައިދެއްވުން އެދި ދެންނެވުން. މުއިމިނުންގެ ޞިފަ އަކީ އެބައިމީހުން ފާފަ ފުއްސަވައިދެއްވުން އެދި ގިނަގިނައިން ދަންނަވާނެއެވެ. ކާފަރުންވެސް އީމާންވުމަށްފަހުގައި ކުރިން ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވުން އެދި ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. އީމާންވެ، ފާފަ ފުއްސެވުން އެދި ދުޢާ ކުރުމުން ކުރީގެ ހުރިހާ ކަމެއް ފޮހެވިގެންދާނެއެވެ. ސޫރަތުލް އަންފާލްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ ) މާނައަކީ: "كافرވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافرކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ."
ސޫރަތުއް ޒުމަރުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾ ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘް ކުރައްވާފައިވެއެވެ. (مَنْ أَكْثَرَ مِنَ الِاسْتِغْفَارِ ، جَعَلَ اللَّهُ لَهُ مِنْ كُلِّ هَمٍّ فَرَجًا ، وَمِنْ كُلِّ ضِيقٍ مَخْرَجًا ، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ)رواه أحمد މާނައީ: އިސްތިޣުފާރު ކުރުން ގިނަ ކޮށްފި މީހާ (ދަންނާށެވެ!)، ﷲ ތަޢާލާ އެމީހަކަށް ދިމާވާ ކޮންމެ ހިތްދަތިކަމަކުން ސަލާމަތްވާނޭ މަގުފަހިކޮށްދެއްވާނެއެވެ. އަދި ކޮންމެ ދަތިއުނދަގޫ ކަމަކުން ނިކުންނާނޭ ގޮތް ފަހިކޮށްދެއްވާނެއެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްޤު ދެއްވާނެއެވެ."
( إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ ) އެބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ޢަޛާބެއް ފޮނުއްވުމަށް އެބައިމީޙުން އެދުނެވެ. ސޫރަތުލް އަންފާލްގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذْ قَالُوا اللَّـهُمَّ إِن كَانَ هَـٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ ﴿٣٢﴾ ) މާނައަކީ: " އަދި އެއުރެން ބުނިހިނދު ހަނދުމަކުރާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ، އިބަރަސްކަލާނގެ حضرةން އައި حقބަސްފުޅު ކަމުގައިވާނަމަ، ފަހެ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވައިފާނދޭވެ! ނުވަތަ އަޅަމެންނަށް ވޭންދެނިވި عذابއެއް ދެއްވައިފާނދޭވެ!"
ނަމަވެސް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކުރީގެ އުއްމަތްތައް ހަލާކު ކުރެއްވިގޮތަށް މިއުއްމަތް ހަލާކު ނުކުރެއްވުމަށް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވާފައެވެ. އަދި މާތް ﷲ ވަނީ އެދުޢާ އިޖާބަކޮށް ދެއްވާފައެވެ. ވީމާ، އެފަދަ ޢަޛާބެއް ނުފޮނުއްވީއެވެ.
(أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا ) ނޫންނަމަ، ﷲ ގެ ކޯފާ އާއި ޢަޛާބު ތިމަންމެންގެ ލޮލަށް ފެންނަ ގޮތަށް ހައްދަވާ ދެއްވާށެވެ.
ބައެއް މުފައްސިރުން ( قُبُلًا ) މާނަކުރައްވަނީ ކުއްލި އަކަށް ޢަޛާބު އައުމަށެވެ.
އަދި ބައެއް މުފައްސިރުން ( قُبُلًا ) ގެ މާނައަކީ އެކިވައްތަރުގެ ޢަޛާބު ކަމުގައިވެސް މާނަ ކުރައްވައެވެ.
ވީމާ، އެބައިމީހުންގެ ގާތަށް ﷲ ގެ ހިދާޔަތް އައި ހިނދު އީމާންވެ އަސްތަޣްފާރު ކުރުމަށް އޮތް ހުރަހެއް ކަމުގައި އެބައިމީޙުން ބުނީ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކު ކުރެއްވި ގޮތަށް ހަލާކު ކުރެއްވުމާއި، ﷲ ގެ ކޯފާ އާއި ޢަޛާބު އެބައިމީޙުންގެ ލޮލަށް ދެއްކެވުމެވެ.
(وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ ۖ وَاتَّخَذُوا آيَاتِي وَمَا أُنذِرُوا هُزُوًا ﴿٥٦﴾ )
( وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ) މިއީ ރަސޫލު ބޭކަލުންގެ ވަޡީފާ އެވެ. އީމާންކަމުގެ އަހްލުވެރިންނަށް ސުވަރުގެ އާއި އެތަނުގައިވާ މަތިވެރި ނިޢްމަތްތަކުގެ ވާހަކައިން އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލުންތަކެއް ކަމުގައްޔާއި، ކާފިރުވެ، ﷲ ގެ އާޔަތްތައް ދޮގުކުޅަ މީހުންނަށް ނަރަކައާއި އެތަނުގައިވާ ޢަޛާބުތަކުގެ ވާހަކައިން އިންޛާރު ދެއްވާ ބޭކަލުންތަކެއްގެ ގޮތުގައި މެނުވީ ﷲ ތަޢާލާ ނޫޙު ޢަލައިހިއްސަލާމް އިން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ހަމައަށް އެއްވެސް ރަސޫލު ބޭކަލަކު ނުފޮނުއްވައެވެ.
(وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ) " އަދި كافرވީ މީހުން باطلގޮތުން جدلކުރެތެވެ."
- ނުނިމޭ -