އެއްވެސް ޕާޓީއަކަށް، ކެންޑިޑޭޓަކަށް ކްރެޑިޓަށް ޓިކެޓު ދުލެއް ނުކުރަން: މޯލްޑިވިއަން

ކިޔުމަށް ހޭދަވާނީ 1މ 12ސ
އެއްވެސް ޕާޓީއަކަށް، ކެންޑިޑޭޓަކަށް ކްރެޑިޓަށް ޓިކެޓު ދުލެއް ނުކުރަން: މޯލްޑިވިއަން

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ އެއްވެސް ކެނޑިޑޭޓަކަށް އަދި ޕާޓީއަކަށް ވެސް ކުރެޑިޓަށް ޓިކެޓް ދޫކޮށްފައިނުވާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

 

މަޖިލިސް އިންތިހާބުގެ ގަމު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ވިސާމްގެ ސަޕޯޓަރުން ގަމަށް ގެންދިއުމަށް މޯލްޑިވިއަންގެ ފަރާތުން ކުރެޑިޓަށް ޓިކެޓް ދޫކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާއި ގުޅިގެން މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއަކަށާއި އެއްވެސް ކެންޑިޑޭޓަކަށް އެކުންފުނިން ކުރެޑިޓަށް ޓިކެޓެއް ނުދޭ ކަމަށެވެ.

 

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ކެމްޕޭނަށް ކުރި ދަތުރުތަކަށް މޯލްޑިވިއަން އިން ކްރެޑިޓަށް ޓިކެޓް ދޫކޮށްފައި ވެއެވެ. ރިޔާސީ އިންތިހާބު ނިމުނު ފަހުން ހާމަވި ގޮތުގައި، ޕީޕީއެމްއިން ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭ ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް 4.8 މިލިއަން ރުފިޔާ ނުދައްކާ ހުއްޓެވެ. އެކަން ހާމަވުމާ އެކު، ޕީޕީއެމްއިން ވަނީ އެއް މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފަ އެވެ. އެހެން ނަމަވެސް ބާކީ ފައިސާ ހޯދުމަށް އެކި ފަހަރު މޯލްޑިވިއަން އިން މަސައްކަތް ކުރި ނަމަވެސް އެ ޕާޓީއިން އޮތީ ފައިސާ ނުދައްކަ އެވެ.

 

އެކަމާ ގުޅިގެން މޯލްޑިވިއަން އިން ބާކީ ހުރި ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

މިއަދު އޮންލައިން