އިސްލާމް ދީނުގަ އަންހެނުންނާ ފިރިހެނުންނަށް "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އިސްލާމް ދީނުގަ އަންހެނުންނާ ފިރިހެނުންނަށް "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތަ؟

އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންނަށް "ބެސްޓް ފްރެންޑުން" ނަށް ވެވިދާނެތޯ ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބަކީ އާނއެކެވެ! ވެވިދާނެއެވެ. ނަމަވެސް ކައިވެންޏަށްފަހުގައެވެ. ކައިވެންޏަށްފަހު ވާނީ ހަމައެކަނި "ބެސްޓް ފްރެންޑުންނަކަށް" ވެސް ނޫނެވެ. އަނބިމީހާގެ ބެލެނިވެރިކަންވެސް ފިރިމީހާއަށް ލިބޭނެއެވެ. 

ވީމާ ހޯދަން މަސައްކަތްކުރަންވީ ބެސްޓް ފްރެންޑެއް ނޫނެވެ. ވަފާތެރި އަންބެކެވެ. އޯގާތެރި ފިރިއެކެވެ. ދެދުނިޔެ ކާމިޔާބުކޮށްދޭނެ ބައިވެރިއެކެވެ. އެހެންކަމުން ބަލައިލަންވީ އެކަމުގައި ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައިވާ ބަސްފުޅަށެވެ. 

ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ އަންހެނެއްގެ ކައިވެންޏަށް އެދޭނީ 4 ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާގެ މާލީ ތަނަވަސްކަމާއި، އޭނާގެ ރީތިކަމާއި އޭނާގެ ހަސަބުގެ (ޢާއިލާގެ) މަތިވެރިކަމާއި އޭނާގެ ދީންވެރިކަމެވެ. 

ބާއްޖަވެރިކަމާއި އުފާވެރިކަމާއި ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ ދީންވެރި، ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރާށެވެ. 

- އިމާމް މާޒިން ޢާދިލް

މިއަދު އޮންލައިން