އިންސާފު ހޯދައި ދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ހިސާން މިފަހަރު ފިރިކަލުންނާއެކު މަޖިލީހަށް!

ކިޔުމަށް ހޭދަވާނީ 1މ 4ސ
އިންސާފު ހޯދައި ދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ހިސާން މިފަހަރު ފިރިކަލުންނާއެކު މަޖިލީހަށް!

ނިމިދިޔަ ސަރުކާރުގައި އިންސާފުން ބޭރުން ޖަލަށްލެވުނު ބައެއް ސިޔާސީ އިސްބޭފުޅުންނަށް އިންސާފު ހޯދައި ދެއްވުމަށް ނުހަނު ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި މަޝްހޫރު ޤާނޫނީ ވަކީލާ ހިސާން ހުސެއިން އާއި އެކަމަނާގެ ފިރިކަލުން އިބްރާހިމް ނާޒިލް މިފަހަރުގެ ރައްޔިތުންގެ މަޖިލިހަށް ހޮވި ވަޑައިގެންފިއެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މިވަގުތު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލުގައި ބަންދު ކުރެއްވުމަށް، އެބޭފުޅުންނަށް އިންސާފު ހޯދައި ދެއްވުމަށް ހިސާން ވަރަށް މަސައްކަތް ކޮށްދެއްވިއެވެ.

 

ހިސާން ހުސެއިން ހޮވި ވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާ އަށެވެ. އަދި އެކަމަނާގެ ފިރިކަލުން ނާޒިލް ހޮވިވަޑައިގެންނެވީ ހިތަދޫ ދެކުނު ދާއިރާ އަށެވެ.

 

މިދެމަފިރިންގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އެކަމަނާގެ ފިރިކަލުން ނާޝިޒް ވެސް މިފަހަރު މަޖިލީހަށް ހޮވި ވަޑައިގެންނެވިއެވެ. ނާޝިޒް ހޮވި ވަޑައިގެންނެވީ ކިނބިދޫ ދާއިރާއަށެވެ.

 

ދެ ދެމަފިރިއަކު މިފަހަރުގެ މަޖިލިހަށް ހޮވިފައިވާއިރު، މީގެކުރިން ވެސް އެފަހަރު ދެމަފިރިއަކު ވަނީ މަޖިލިހަށް ހޮވި ވަޑައިގެންފައެވެ. އެއީ ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސެއިން އާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ޝީރީން އެވެ.

މިއަދު އޮންލައިން