"ނިޞާބު ހަމަވެ ޒަކާތުގެ ގޮތުގައި ތިމާ ދައްކަން ޖެހޭ ފައިސާއިން ތިމާގެ މައިން ބަފައިން ފަދަ ތިމާ ޚަރަދުކޮށް ބަލަހައްޓަން ޖެހޭ މީހުންގެ ބޭސް ފަރުވާއަށް ނަމަވެސް ޚަރަދެއް ނުކުރެވޭނެއެވެ. "ބައްޕައަކަށް ނަމަވެސް، ދަރިފުޅު ދައްކަން ޖެހޭ ޒަކާތުން ފައިސާ ޚަރަދެއް ނުކުރެވޭނެއެވެ. އެއީ ތިމާ ޝަރުޢީ ގޮތުން ޚަރަދުކުރަން ޖެހޭ އެއްވެސް މީހަކަށް ތިމާ ދައްކަން ޖެހޭ ޒަކާތުން ފައިސާ ނުދެވޭނެތީއެވެ." ޝައިޚް މުޙައްމަދު އިބްރާހީމް
ވީމާ، ތިމާ ޚަރަދުކޮށް ބަލަހައްޓަން ޖެހޭ އަނބިދަރިންނާއި މައިންބަފައިންނަށް ޒަކާތަށް ތިމާ ދައްކަން ޖެހޭ ފައިސާއިން ޚަރަދުކުރުމެއް ނެތެވެ. ޒަކާތަކީ ﷲ ތަޢާލާގެ ޙައްޤެކެވެ. ޒަކާތް ނެރެ ޚަރަދުކުރަން ޖެހޭނީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށެވެ.
މިހާރަކަށް އައިސް ޒަކާތް ނެރުމުގެ ޙުކުމް ރަނގަޅަށް އޮޅުންނުފިލުވައި ކަންކަން ކުރެވޭތީ ބޮޑެތި ކުށްތައް ދަނީ ކުރެވެމުންނެވެ.