އިންތިޚާބުތަކުގައި ފައިސާ ޚަރަދު ކުރެވޭނެ ގޮތްތައް ކަނޑައަޅާ ގާނޫނެއް ހެދުމަށް އީސީ އިން މަޖިލިހަށް ހުށަހެޅަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އިންތިޚާބުތަކުގައި ފައިސާ ޚަރަދު ކުރެވޭނެ ގޮތްތައް ކަނޑައަޅާ ގާނޫނެއް ހެދުމަށް އީސީ އިން މަޖިލިހަށް ހުށަހެޅަނީ

އިންތިޚާބުތަކުގައި ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް ކަނޑައަޅާ ކެމްޕޭން ފައިނޭންސިން ގާނޫނެއް ހެދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލިހަށް ހުށަހެޅަންނިންމައިފިއެވެ.

އީސީ އިން ބުނެފައިވަނީ ރާއްޖޭގައި ކެމްޕެއިން ފައިނޭންސް ގާނޫނެއް ނެތުމުން، ޔޫއެންޑީޕީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ގުޅިގެން އެކަމާ ގުޅޭ ބިލެއް މަޖިލިހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެފައިވަނީ އެކި ގައުމުތަކުގައި އަމަލުކުރަމުން އަންނަ ކެމްޕެއިން ފައިނޭންސް ގާނޫނުތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި ރަނގަޅީ ފިލިޕީންސްގެ ގާނޫނެވެ. 

ކެމްޕޭން ފައިނޭންސިން ގާނޫނެއް އޮތުމުން ކެންޑިޑޭޓުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް އީސީ އިން ވަނީބުނެފައެވެ.

 

މިއަދު އޮންލައިން