އިލެކްޝަންސް ކޮމިޝަނުން މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުށީގެ ވޯޓު ފޮށްޓެއް މިއަދު އަލުން ގުނުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް 18 ވޯޓު އިތުރުވެ ލިބިވަޑައިގެންނެވި ވޯޓުގެ ޖުމުލަ 1163 އަށް އަރައިފިއެވެ.
އެމްޑީޕީގެ ކެނންޑިޑޭޓް ޢަލީ އަމީޒަށްވެސް ވަނީ 11 ވޯޓު އިތުރުވެފައެވެ. އެހެންކަމުން ޢަލީ އަމީޒުގެ މިހާރުގެ ޖުމުލައަކީ 1053 އެވެ. އެހެންކަމުން ދެ ކެންޑިޑޭޓުންގެ ތަފާތު މިހާރު ވަނީ 110 އަށް ބޮޑުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދުވެސް ގެންދަނީ އިތުރު ބައެއް ދާއިރާތަކުގެ ފޮށިތައްވެސް ގުނަމުންނެވެ.