އިންތިޚާބާ ގުޅުވައިގެން ބެލި 5 މައްސަލައިގަ ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސިސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އިންތިޚާބާ ގުޅުވައިގެން ބެލި 5 މައްސަލައިގަ ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސިސީ

ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބާ ގުޅުވައިގެން ބެލި ފަސް މައްސަލައިގައި ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނެފި އެވެ.

އޭސީސީ އިން ބުނެފައިވަނީ އިންތިޚާބާ ގުޅުވައިގެން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ 20 މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ނިންމި ފަސް މައްސަލައިގައި ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ.

އޭސީސީ އަށް މައްސަލައިގެ ގޮތުގައި ގިނައިން ހުށަހަޅާފައި ހުރީ ތާއީދު ހޯދުމަށް އެއްޗެހި ދިނުމާއި މުބާރާތް ބާއްވައި ދިނުމާއި ޖަމިއްޔާތަކަށް އެއްޗެތި ދިނުން ފަދަ ކަންކަން ކަމަށްވެސް އެ ކޮމިޝަނުންބުނެފައިވެއެވެ.

މީގެއިތުރުން އިންތިޚާބުގެ ތެރޭގައި ރިޝްވަތު ދިން ކަމަށް ބުނާ 11 މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން